Advertisement
ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 10:28
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
ވައްކަމުގެ މައްސަލަތައް
ވައްކަން ކުރަން ގެއަކަށް ވަން ކަމުގެ ތުހުމަތު ކުރުމުން ބުނީ އެ ގެއަށް ވަނީ ކުޑަކަމުދިއުމަށްކަމަށް
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް
އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި
އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ހުށައެޅިފައިވޭ

ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ބަންދުކޮށް، 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.  

މި މައްސަލައިގައި ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހިފަހައްޓާފައިވަނީ ގެއެއްގެ ދެވަނަ ފަންގިފިލާގެ ސިޑިމަތީގައި ހުއްޓައެވެ. ނަމަވެސް އެއީ އޭނާއާ އެއްވެސް ގޮތަކަށް ގުޅުމެއް އޮތް ތަނެއް ނޫން ކަމަށާއި، އޭނާ ދިރިއުޅޭ ވަކި ތަނެއް މާލޭގައި ނުހުންނަކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެ ގެއަށް ވަނީ ކުޑަކަމުދިއުމަށް ކަމަށެވެ.

Advertisement

ކްރިމިނަލް ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އެގޮތުން އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 15  ނޮވެމްބަރު 2023 ގައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ހުށައެޅިފައިވެއެވެ.

އޭގެ އިތުރުން، އޭނާއަކީ މިއަހަރުގެ ތެރޭގައިވެސް ގިނަ އަދަދަކަށް ހައްޔަރާއި ބަންދު ރެކޯޑު ކުރެވިފައިވާ ފަރާތެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށްވެސް ވައްކަމުގެ 2955 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓު ކުރެވިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް