ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 12:52
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ނަޝީދު ވަކިކުރުމުގެ މައްސަލަ
ނަޝީދު ވަކިކުރުމުގެ މައްސަލަ މާދަމާއަށް ވެސް އެޖެންޑާކޮށްފި
ހޯމަ ދުވަހުގެ ޖަލްސާ ފަށާނީ 9:00 ގައި
ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އޮތީ މިއަދު
މިއަދުގެ ޖަލްސާ ނުބޭއްވުނީ މަޖިލީހުގެ ނާއިބްރައީސް ސަލާމް ފޮނުއްވުމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާއަށް ވެސް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން، ނަޝީދު ވަކިކުރުމަށް އާދީއްތަ ދުވަހުގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރިއެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ސަލާމް ފޮނުއްވާފައެވެ. މަޖިލީހަށް ފޮނުއްވި ސިޓީގައި އީވާ ވިދާޅުވެފައިވަނީ ޑެންގީ ހުމަށް ޕޮޒިޓިވްވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރި ދުވަހަށް އީވާ ސަލާމް ހުށަހަޅުއްވާފައި މިވަނީ ޑެންގީ ހުމަށް ޕޮސިޓިވްވެ ވަޑައިގެން ހުންނަވާ ވެސް އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ފަހުގައެވެ.

މިއާއެކު މަޖިލީހުގެ ޖަލްސާ ހޫނުވެ، މެންބަރުން ގެންދަވަނީ އިޖްތިޖާޖު ކުރަމުންނެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ބުނެފައެވެ.

Advertisement

މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާ އިރު، ހޯމަ ދުވަހުގެ ޖަލްސާގައި ވެސް ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމަނާފައެވެ. އެގޮތުން މި އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި މި މަސައްކަތުގެ އިތުރުން ދެން އޮތީ ވޯޓަށް އެހުމަށް ހުރި ކަންކަމުގައި ވޯޓަށް އެހުމެވެ. ޖަލްސާ ފަށާނީ ހެނދުނު 9:00 ގައެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް، އެމަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ 12 އޮކްޓޯބަރުގައެވެ. 49 މެންބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވެސް މި މަހުއެވެ.

Advertisement

Advertisement
- ކޮމެންޓް
29 އޮކްޓޯބަރ 2023 | އާދީއްތަ 13:03
އަލީ ދިއްދޫ
ނަޝީދަކީ ޑިކްޓޭޓަރެއްކަން ދިވެހި ރައްޔިތުން ދެކޭ ޑިމޮކްރަސީގެ ކަންފުޅެއް ހުރިނަމަވެސް އިސްތިއުފާ ދީފީސް އިތުބާރު ނެއްކަމަށް މަޖިލިހުގެ މެޖޯރިޓީ ސޮއި އަޅާފައިވަނީ