Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 08:14
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން
ޕީއެސްއެމް
ޝަރުއީ ދާއިރާ
ޙުކުމް ކުރައްވާއިރު، ތަފާތު ކުރުމެއް ނެތި ޙުކުމް ކުރެއްވުމަށް ހުރިހާ ފަނޑިޔާރުންގެ ކިބައިން އުއްތަމަ ފަނޑިޔާރު އެދިވަޑައިގަންނަވައިފި
ފަނޑިޔާރުން ޙުކުމް ކުރައްވާނީ އަމިއްލަ ވިސްނުންފުޅަށް ނޫންކަމަށް ވިދާޅުވި

ޙުކުމް ކުރައްވާއިރު، ތަފާތު ކުރުމެއް ނެތި ޙުކުމް ކުރައްވެމަށް ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށް، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އިލްތިމާސްކުރައްވާފިއެވެ.

އުއްތަމަ ފަނޑިޔާރު އެފަދައިން އިލްތިމާސް ކުރައްވާފައި ވަނީ އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތް ރަސްމީކޮށް ހުޅުއްވާދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement

އުއްތަމަ ފަނޑިޔާރު ވަނީ ޢަދުލުއިންސާފު ހޯދައި ދިނުމަށް ފަނޑިޔާރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފަނޑިޔާރުން ޙުކުމް ކުރައްވަނީ ރާއްޖޭގެ ޤާނޫނު އަސާސީއަށް ރިޢާޔަތް ކުރެއްވުމަށް ފަހުގައި ކަަމަށާއި ފަނޑިޔާރުން ޙުކުމް ކުރައްވަނީ އަމިއްލަ ވިސްނުންފުޅަށް ނޫންކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް