ކ. މާލެ
|
29 އޮކްޓޯބަރ 2023 | އާދީއްތަ 08:04
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ރާއްޖެއެމްވީ
ޔާމީންގެ ބަންދުގެ މައްސަލަ
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ޔާމީން ގޭބަންދަށް ބަދަލުކުރީ ރިޔާސީ އިންތިޚާބުގެ ފަހުން މި ހިނގާ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހު
ބޭރަށް ނުކުމެވަޑައިގަނެވޭނީ ކަރެކްޝަންސް އަށް އެންގެވުމަށް ފަހުގައި ކަަމަށް ކަރެކްޝަންސް އިން ބުނޭ

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ އަބްދުﷲ ޔާމީން ބަންދަށް އަނެއްކާވެސް ބޮޑެތި ލުއިތަކެއް ދީފައެވެ.

މޯލްޑިވްސް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މެޑިކަލް ބޭނުންތަކަށް އެ މަނިކުފާނަށް ބޭރަށް ވަޑައިގެންނެވޭ ގޮތަށް ލުއިތަކެއް ދީފައިވާ ކަމަށެވެ. އެގޮތަށް ބޭރަށް ދެވޭނީ ކަރެކްޝަންސް އަށް އެންގުމަށް ފަހުގައި ކަަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ. އިތުރު ބައެއް ލުއިތައް ވެސް ޔާމީންގެ ބަންދަށް ދިން ނަމަވެސް މި ވަގުތު އެކަމުގެ ތަފްސީލް ހާމަކުރެވެން ނެތް ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ނަމަވެސް މީހުންނާއި ބައްދަލުކުރުމުގެ ހުއްދަ އާއި ބައްދަލުވުންތަކަށް ވަޑައިގެންނެވުމުގެ ފުރުސަތު ފަހިވާގޮތަށް ޔާމީނަށް ލުއިތަކެއް ދީފައިވާ ކަަމަށް އަޑުފެތުރިފައިވެއެވެ. އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ކަރެކްޝަންސް އިން އެކަމަށް ސާފު ޖަވާބެއް ދީފައެއް ނުވެއެވެ.

ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށް ބަޔާންކޮށް ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރީ ރިޔާސީ އިންތިޚާބުގެ ފަހުން މި ހިނގާ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުއެވެ.

- ކޮމެންޓް