ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 13:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ނަޝީދު ވަކިކުރުމުގެ މައްސަލަ
ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
މި ޖަލްސާ އެޖެންޑާ ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ށް
ނަޝީދު ވަކިކުރުމާ އެއްކޮޅަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ވެސްވަނީ ނެރެފައި
ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް، އެމަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ 12 އޮކްޓޯބަރުގައި

އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް, މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފިއެވެ.

3 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާ އެޖެންޑާކޮށްފައިވަނީ 29 އޮކްޓޫބަރު 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ށެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ)ގެ ދަށުން ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން، މައްޗަންގޮޅު މެދު ދާއިރާގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށެވެ.

މީގެ އިތުރުން ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން ވެސް އެޖެންޑާ ކޮށްފައިވެއެވެ.

Advertisement

ނަޝީދު ވަކިކުރުމާ އެއްކޮޅަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ވަނީ ނެރިފައެވެ. އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ 25 އޮކްޓޫބަރު 2023ވީ ބުދަ ދުވަހުގެ މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް، އެމަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ 12 އޮކްޓޯބަރުގައެވެ. 49 މެންބަރުންގެ ސޮޔާއެކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުއެވެ. އިތުބާރު ނެތްކަމުގެ މައްސަލާގައި ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، މަޖިލީހުގެ ތަޅުމަށް ވަކި ގޮތެއް ނިންމުމަށް ހުށަހެޅުއްވުމުގައި ނަޝީދުގެ އަމިއްލަފުޅު މަސްލަހަތު އިސްކުރައްވާކަމަށެވެ.

އަދި ގަރާރުގައި އިތުރަށް ބުނެފައިވަނީ، މުޅި މަޖިލީހުގެ ނިޒާމު ބެލެހެއްޓެވުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތްކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވެވަޑައިގެންފައިވާ ކަމަށެވެ. މީގެއިތުރުން، އެތައް ދުވަހެއް ވަންދެން މަޖްލިސް ހުއްޓުވާފައި ބޭއްވެވުމަށްފަހު، މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީއާއި އެމަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް ތާވަލުކުރައްވައި، އެ މައްސަަލަތައް ކުރިއަށް ގެންދަވާފައި ވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް