ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 08:49
އައްޑޫ ސިޓީގައި ތަރައްގީކުރާ ހައުސިންގ ޔުނިޓްތައް އިމާރާތްކުރާނެ ބިން ހަވާލުކުރަނީ
އައްޑޫ ސިޓީގައި ތަރައްގީކުރާ ހައުސިންގ ޔުނިޓްތައް އިމާރާތްކުރާނެ ބިން ހަވާލުކުރަނީ
އައްޑޫ ސިޓީ ކައުންސިލް
އައްޑޫ ސިޓީ ހައުސިންގ ޔުނިޓުތައް
އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި
200 ހައުސިންގް ޔުނިޓްގައި ހިމެނެނީ 1000 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓް
ކޮންމެ ކޮޓަރިއެއްގައި ފާހާނާއެއް ހުންނައިރު، އެޕާޓްމަންޓުގައި ސިޓިންގރޫމާއި ބަދިގެއާއި، ލޯންޑްރީގެ އިތުރުން ސްޓޯރރޫމެއް ހުންނާނެ

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރަން ނިންމާ ބިން ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އައްޑޫސިޓީ ކައުންސިލް، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އަދި އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން ޤާއިމްކުރާ 200 ހައުސިންގް ޔުނިޓްގެ މަސައްކަތުގެ ކޮންޓްރެކްޓަރ ޕީޓީ، ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓޭޑް އާއި ދެމެދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އަދި މިބައްދަލުވުމުގައި ހިތަދޫގައި ޤާއިމްކުރާ 200 ހައުސިންގް ޔުނިޓްގެ މަސައްކަތުގެ މަޢުލޫމާތު ކައުންސިލް އާއި ހިއްސާ ކުރުމުގެ އިތުރުން މަސައްކަތައް ބޭނުންވާ ބިން ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައިވާ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މިއީ ދައުލަތުން 214،852،500.00 (ދުއިސައްތަ ސާދަ މިލިއަން އަށްލައްކަ ފަންސާސް ދެހާ ފައްސަތޭކަ) ރުފިޔާ ހަރަދުކޮށްގެން ހިންގޭ ސަރުކާރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުއެކެވެ.

މި މަޝްރޫއުގައި ހިމެނޭ 200 ހައުސިންގް ޔުނިޓްގައި ހިމެނެނީ 1000 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ފާހާނާއެއް ހުންނައިރު، އެޕާޓްމަންޓުގައި ސިޓިންގރޫމާއި ބަދިގެއާއި، ލޯންޑްރީގެ އިތުރުން ސްޓޯރރޫމެއް ހުންނާނެއެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރަނީ 11 ބުރީ 2 ޓަވަރެވެ. އަދި ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯގައި ހުންނާނީ ވިޔަފާރިއަށް ހާއްސަ ތަންތަނާއި ޓަވަރުގެ މެއިންޓަނަންސްގެ އޮފީހުގެ އިތުރުން ޕާކިން އޭރިއާއެވެ.

މި މަސައްކަތް ސަރުކާރުން ޕީޓީ، ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 7 ސެޕްޓެމްބަރުގައެވެ. މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

- ކޮމެންޓް