ކ. މާލެ
|
26 އޮކްޓޯބަރ 2023 | ބުރާސްފަތި 06:51
ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު އެމްބާއްޕޭ: ފޮޓޯ-ރޮއިޓަރސް
ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު އެމްބާއްޕޭ: ފޮޓޯ-ރޮއިޓަރސް
ރޮއިޓަސް
ޔުއެފާ ޗެމްޕިއަންސް ލީގު
މިލާން އަތުން ފުރިހަމަ މޮޅެއް ހޯދައިގެން ޕީއެސްޖީ ގްރޫޕްގެ އެއްވަނައަށް!
މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-0 ން

އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން ފުރިހަމަ މޮޅެއް ހޯދައިގެން, ޗެމްޕިއަންސް ލީގު ގްރޫޕްގެ އެއްވަނަ އަށް ޕީއެސްޖީ ޖެހިލައިފިއެވެ.

މިލާންގެ މައްޗަށް ޕީއެސްޖީ ކުރި ހޯދީ 3-0 ނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޕީއެސްޖީއަށް ކުރިހޯދައިދިނީ ފްރާންސް ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. މިއީ މިސީޒަންގައި ކްލަބާއި ގައުމީ ޓީމަށް 13 މެޗުން އެމްބާޕޭ ޖެހި 13 ވަނަ ލަނޑެވެ. ދެވަނަ ހާފްގެ ކުރީކޮޅު ޕީއެސްޖީގެ ދެވަނަ ލަނޑު ޖެހީ ކޯލޯ މުއާނީ އެވެ. އަދި މެޗުގެ ފަހު މިނެޓުގައި ތިންވަނަ ލަނޑު ޖަހާ ލީޑް ފުޅާކޮށްދިނީ ލީ ކަންގ އިން އެވެ. އޭނާ ލަނޑު ޖެހީ ބަދަލަކަށް ނުކުމެއެވެ. މިމޮޅާއެކު ޕީއެސްޖީން ގްރޫޕްގެ އެއްވަނާގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާއެކުއެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުއެވެ. ޕީއެސްޖީ ބަލިވީ ނިއުކާސަލް އަތުންނެވެ.

މިގްރޫޕްގެ ދެވަނާގައި އޮތީ ބުދަ ދުވަހުގެރޭ 1-0 ން ނިއުކާސަލް ޔުނައިޓެޑް ބަލިކުރި ބޮރޫޝިޔާ ޑޯޓްމަންޑެވެ. މެޗު ޑޯޓްމަންޑް ކާމިޔާބުކުރީ ނިއުކާސަލްގެ ދަނޑުގައެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތް ނިއުކާސަލް އަށްވެސް 4 ޕޮއިންޓް ވަނީ ލިބިފައެވެ. މިލާން އޮތީ ދެ ޕޮއިންޓާއެކު ފުލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް