ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 05:52
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ހައިކޯޓު
ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް
އެ މަގާމަށް ކުރިމަތިލެއްވީ ކޯޓުގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތި ލެއްވީ އެންމެ ބޭފުޅެކެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ މިދިޔަ އަހަރު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލެއްވީ ކޯޓުގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދުއެވެ.

Advertisement

އެ ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަައެވެ. ނަމަވެސް އިސްގާޒީގެ މަގާމަށް ކުރިމަތިލުމަށް މި އަހަރުގެ މާޗު މަހު ފުރުސަތު ހުޅުވާލުމުން އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވައެވެ. އެހެންވެ މި މަހުގެ ފަސް ވަނަ ދުވަހު އަލުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުވާލީއެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްކޮށް އޮތްއިރު ސިވިލް ކޯޓުގެ އިސްގާޒީގެ މަގާމު ވެސް އޮތީ ހުސްކޮށެވެ. އެ މަގާމު ހުސްކޮށް އޮތީ އެ މަގާމުގައި ހުންނެވި އަހްމަދު ނިމާލް މިދިޔަ ސެޕްޓެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި މުއްދަތުގައި އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ގާޒީ ހާފިޒާ އަބްދުއްސައްތާރު ވަނީ ކުރިމަތިލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް