Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 17:16
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝަރީފް
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝަރީފް
މޯލްޑިވްސް މެޖިޝިއަން އެސޯސިއޭޝަން
ތައިލެންޑުގެ މެޖިކް ކޮންވެންޝަން
ތައިލެންޑުގެ މެޖިކް ކޮންވެންޝަނުން ޝަރީފް ފަޚުރުވެރި ކާމިޔާބީތަކެއް ހޯއްދަވައިފި
ޝަރީފް ވަނީ ޝަރަފްވެރިކަމުގެ މާރޓިން އެވޯޑު ހާސިލްކުރައްވާފައި
ޝަރީފް ވަނީ އާރޓް ބަބްލް މެނިޕްލޭޝަން އިންޓަރނޭޝަނަލް ސެޓްފިކެޓްވެސް ހާސިލްކުރައްވާފައި
ޝަރީފަކީ ޖާދޫ ހެއްދެވުމުގެ މަސައްކަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ، ކާމިޔާބު ޖާދޫގަރެއް

މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝަރީފް، ތައިލެންޑުގެ މެޖިކް ކޮންވެންޝަނުން ފަޚުރުވެރި ކާމިޔާބީތަކެއް ހޯއްދަވައިފިއެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު ބޭއްވުނު ބައިނަލްއަގުވާމީ މެޖިކް ކޮންވެންޝަނުގައި ބައިވެރިވެވަޑައިގެން، ޝަރީފް ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އެގޮތުން ޝަރީފް ވަނީ ޝަރަފްވެރިކަމުގެ މާރޓިން އެވޯޑުގެ އިތުރުން، އާރޓް ބަބްލް މެނިޕްލޭޝަން އިންޓަރނޭޝަނަލް ސެޓްފިކެޓްވެސް ހާސިލްކުރައްވާފައެވެ.

Advertisement

ޝަރީފަކީ ޖާދޫ ހެއްދެވުމުގެ މަސައްކަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ، ކާމިޔާބު ޖާދޫގަރެކެވެ. އެގޮތުން، ބޭރުގެ ތަފާތު ގައުމުތަކުގައި ގިނަ ޝޯތަކެއް ދެއްވައި، އޭނާ ވަނީ ކާމިޔާބު ވަނަތަކެއްވެސް ހޯއްދަވާފައެވެ. މީގެއިތުރުން، އޭނާ ވަނީ މާލެއާއި ރާއްޖެތެރޭގެ އެކި ހަފްލާތަކުގައިވެސް ޝޯތައް ހުށަހަޅުއްވާފައެވެ.

ތައިލެންޑުގެ ބެންކޮކް ސިޓީގައި، 300އެއްހާ މެމްބަރުން ހިމެނޭގޮތަށް ބޭއްވި މި ކޮންވެންޝަނަކީ ކޮންމެ އަހަރަކުވެސް ބެންކޮކުގައި ބާއްވާ ކޮންވެންޝަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް