Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2023 | ބުދަ 17:20
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް، އަހުމަދު ޝަރީފް
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް، އަހުމަދު ޝަރީފް
ރާއްޖެއެމްވީ
ތައިލެންޑުގައި އޮތް މެޖިކް ކޮންވެންޝަން
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް، ތައިލެންޑްގައި އޮންނަ މެޖިކް ކޮންވެންޝަނަކަށް ފުރާވަޑައިގެންފި
300އެއްހާ މެންބަރުން ހިމެނޭ މި ކޮންވެންޝަން ކުރިއަށްދާނީ ތައިލެންޑުގެ ބެންކޮކް ސިޓީގައި
މި ކޮންވެންޝަނުގައި މެޖިކުގެ އިތުރުން، ޝަރީފުގެ ބަބްލްސް އިވެންޓެއް ކުރިއަށްދާނެ
ޝަރީފަކީ ޖާދޫ ހެއްދެވުމުގައި 23 އަހަރު ހޭދަކުރައްވާފައިވާ، ކާމިޔާބު ޖާދޫގަރެއް

މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް އަހުމަދު ޝަރީފް، ތައިލެންޑުގައި އޮންނަ މެޖިކް ކޮންވެންޝަނަކަށް ފުރާވަޑައިގެންފިއެވެ.

މި ކޮންވެންޝަން ކުރިއަށްދާނީ ތައިލެންޑުގެ ބެންކޮކް ސިޓީގައި، 300 އެއްހާ މެމްބަރުން ހިމެނޭގޮތަށެވެ. މި ކޮންވެންޝަނަކީ ކޮންމެ އަހަރަކުވެސް ބެންކޮކުގައި ބާއްވަމުންގެންދާ ކޮންވެންޝަންއެކެވެ.

މި ކޮންވެންޝަނުގައި މެޖިކުގެ އިތުރުން ޝަރީފްގެ ބަބްލްސް އިވެންޓެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ހަވީރުގެ ކިޑްސް ޕާޓީއެއްގައި ވަރަށް ކުލަގަދަ ގޮތެއްގައި މި އިވެންޓް ބޭއްވޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ އިވެންޓެއް ބޭއްވިގެން ދިއުމަކީ ޝަރީފަށްވެސް އަދި ދިވެހިރާއްޖެއަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަޚުރެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

މީގެއިތުރުން، މިފަހަރުގެ ކޮންވެންޝަނުންވެސް ރަނގަޅު ކާމިޔާބީއެއް ހޯއްދެވޭނެކަމަށް ޝަރީފް ވަނީ ބުނެފައެވެ.

ޝަރީފަކީ ޖާދޫ ހެއްދެވުމުގެ މަސައްކަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ، ކާމިޔާބު ޖާދޫގަރެކެވެ. އެގޮތުން، ބޭރުގެ ތަފާތު ގައުމުތަކުގައި ގިނަ ޝޯތަކެއް ދެއްވައި، އޭނާ ވަނީ ކާމިޔާބު ވަނަތަކެއްވެސް ހޯއްދަވާފައެވެ. މީގެއިތުރުން، އޭނާ ވަނީ މާލެއާއި ރާއްޖެތެރޭގެ އެކި ހަފްލާތަކުގައިވެސް ޝޯތައް ހުށަހަޅުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް