ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 16:55
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް، ޝަރީފް
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް، ޝަރީފް
ރާއްޖެއެމްވީ
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން ރަޖިސްޓްރީކޮށްފި
ޑިސެމްބަރު މަހު މޯލްޑިވްސް އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލެއް ބާއްވާނެ
ޖަމިއްޔާގެ މަގްސަދަކީ ރާއްޖޭގައި ޖާދޫގެ ހުނަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުން
މީގެއިތުރުން، ޖަމިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުސަތު ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ވަނީ ހުޅުވާލާފައި

މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން ރަޖިސްޓްރީކޮށްފިއެވެ.

މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން ރަޖިސްޓްރީކުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ރައީސް ޝަރީފް ވަނީ އެ ޖަމިއްޔާއާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން ޝަރީފް ވިދާޅުވީ އެ ޖަމިއްޔާގެ މަގްސަދަކީ ރާއްޖޭގައި ޖާދޫގެ ހުނަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުންކަމަށެވެ.

މި ޖަމިއްޔާގެ މަގްސަދަކީ ދިވެހިރާއްޖޭގައި ތިބި ޖާދޫގެ ހުނަރުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޖާދޫގެ ހުނަރުތައް ދަސްކޮށްދިނުމާ، އެ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމާ، ކުރިއެރުން ގެނެސްދިނުން.
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް

މީގެއިތުރުން ރާއްޖޭގައި ޖާދޫ ހެދުމަށް އަަމަލީ ގޮތުން ހަރަކާތްތެރިވަނީ މަދު ބައެއްކަމަށާއި، އެ މަސައްކަތަކީ ރަނގަޅަށް ކުރެވިއްޖެނަމަ ވަރަށް ރަނގަޅު އާމްދަނީއެއްވެސް ލިބޭނެ މަސައްކަތެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ޝަރީފް ވަނީ އެ ޖަމިއްޔާއިން ކުރިއަށް ކުރަން ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން، ޑިސެމްބަރު މަހު މޯލްޑިވްސް އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ޖަމިއްޔާއިން ކުރިއަށް ރާވާފަހުރި ކަންކަމުގެ ތެރޭގަ؛ ޑިސެމްބަރު 1، 2ގަ މޯލްޑިވްސް އިންޓަނޭޝަނަލް މެޖިކް ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި މެޖިކް ފެސްޓިވަލްގަ ދުނިޔޭގެ ތަފާތު ފަސް ގައުމަކުން، ދިވެހިރާއްޖެއަށް ޖާދޫގަރުން އަންނާނެ. މިގޮތުން މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށްޓަކާ، މަޝްހޫރު ޖާދޫގަރު ސަމަލަވެނޫގެ އެހީތެރިކަންވެސް ލިބިގެންދާނެ. މި ފެސްޓިވަލް ރަސްމީކޮށް އޮކްޓޯބަރު މަސް ތެރޭގަ އިރާދުކުރެއްވިއްޔާ ލޯންޗް ކުރެވޭނެ.
މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް

މީގެއިތުރުން ޖަމިއްޔާގެ މެމްބަރަކަށްވުމުގެ ފުރުސަތު ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް ހުޅުވާލާފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ. އެގޮތުން، ނޯމަލް މެމްބަރު 1 ކެޓަގަރީއަށް އަހަރަކަށް 100 ރުފިޔާ، އަދި ޕްރޮފެޝަނަލް ކެޓަަގަރީއަށް އަހަރަކަށް 500 ރުފިޔާއެވެ.

އެ ޖަމިއްޔާގެ މެމްބަރަކަށްވުމަށް މެމްބަރޝިޕް ފޯމް ފުރުމަށްފަހު ހުށަހެޅުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ. އަދި އިތުރު މައުލޫމާތު ޖަމިއްޔާގެ ވެބްސައިޓުން ލިބެން ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފަކީ ޖާދޫ ހެދުމުގެ މަސައްކަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ ކާމިޔާބު ޖާދޫގަރެކެވެ. އެގޮތުން، ބޭރުގެ ތަފާތު ގައުމުތަކުގައި ގިނަ ޝޯތަކެއް ދެއްވައި، އޭނާ ވަނީ ކާމިޔާބު ވަނަތަކެއްވެސް ހޯއްދަވާފައެވެ. މީގެއިތުރުން، އޭނާ ވަނީ މާލެއާއި ރާއްޖެތެރޭގެ އެކި ހަފްލާތަކުގައިވެސް ޝޯތައް ހުށަހަޅުއްވާފައެވެ.

ޝަރީފުގެ އިތުރުން މި ބައްދަލުވުމުގައި ވޯރލްޑް ޖީނިއަސް ބުކްގެ ރެކޯޑް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފައިވާ، ހައިދަރްއާބާދުގެ މަޝްހޫރު މެޖިޝަން ސަމަލަވެނޫ ވަނީ ބައިވެރިވެފައެވެ. އޭނާއަކީ ދުނިޔޭގެ ފެންވަރުގައި ޖާދޫގެ ހުނަރުތައް ދައްކާފައިވާ މެޖިޝަނެކެވެ. އެގޮތުން އޭނާއަކީ 40 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އަދި 7000ށްވުރެ ގިނަ ޝޯ، 30ށްވުރެ ގިނަ ގައުމުގައި ހުށަހަޅައި، ބައިނަލްއަގްވާމީ އެތައް ޕްލެޓްފޯމެއްގައި ރަންވަނަތައް ހޯދާފައިވާ މެޖިޝަނެކެވެ. މީގެއިތުރުން ރާއްޖޭގައި ޖާދޫގެ ހަރަކާތްތައް ހިންގައި ކުރިއެރުވުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.

- ކޮމެންޓް
11 އޮކްޓޯބަރ 2023 | ބުދަ 20:10
ޝަރީފުގެ ...
ޖާދޫ ހެދުން ކުރިއަރުވަން އެސޯސިއޭޝަނެއް ރަޖިސްޓަރީ ކުރުމުގެ ކުރިން، ޖާދޫ ހެދުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއްތޯ ޝަރީފް ބެއްލެވިންތޯ؟
11 އޮކްޓޯބަރ 2023 | ބުދަ 18:16
ސައިދު
ތިއައީ ކިހާނުބައިކަމެއް ނޭނގިތަ ތިކަންކުރަން ތިއުޅެނީ؟ ތިޔައީ ލޯމައްޗަ އޮޅުވާލާ ސިހުރަކީ! ޤުރުއާނުގަ ބަލާ އަޣްރާފް ސޫރަތުގެ 117 -122، ޔޫނުސް ސޫރަތުގެ 80،81، ޡޯޙާ ސޫރަތުގެ 81 ވަނަ އާޔައްތަ… ތިކަމާ ހަަގުރާމަ ކުރުމަށް މުޢުޖިޒާތް ދެއްވައިގެން މޫސާ (ޢ.ސ) އެހަނގުރާމަ ކުރެއްވީ ތިވައްތަރުގް ސިހުރާ…. ތިކަން ނުކުރޭ 🙏… ސިޚްރުގެ 2 ވައްތަރުން ތިއައީ އެއްވައްތަރު… ދެންއޮންނަ ވައްތަރުގެ ސިހުރު އެއޮތީ ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގަ… ދެކަމަކީވެސް ހުއްދަނޫން ކަންކަން… ބިރުވެތިވޭ