ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 08:03
ގިރާވަރު އުތުރު ފަޅުން ބަންޑާރަ ގޯތި ދޫކުރާ ސަރަޙައްދުގެ ޗާޓު
ގިރާވަރު އުތުރު ފަޅުން ބަންޑާރަ ގޯތި ދޫކުރާ ސަރަޙައްދުގެ ޗާޓު
ބޯހިޔާވަހިކަން
ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވާނެ
އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓު
ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށް ވުރެ ގިނަ ގޯތި ދޫކުރާނެ
މުއްދަތު ހަމަވާނީ މިއަދު ހަވީރު 3:00ށް

"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވާނެއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ޓަކައި ސަރުކާރުން އެކަށައަޅައިފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ވިޔަވަހިން ފުލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ 24 ސެޕްޓެމްބަރުގައެވެ.

މި މުއްދަތު ހަމަވާނީ މިއަދު ހަވީރު 3:00 ގައެވެ.

Advertisement

އެގޮތުން ގޯއްޗަށާއި ފުލެޓަށް އެދި ހުށަހެޅުމުގެ ޝަރުޠު ހަމަވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" https://gedhoruverin.gov.mv މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، މިއަދުގެ ހަވީރު 3:00 ގެ ނިޔަލަށް ހުށަހެޅޭނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ދެ ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަށް ކަމަށެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. އަދި ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުންނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށް ވުރެން ގިނަ ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް