ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 21:43
މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން
މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން
ސޯޝަލްމީޑިއާ
މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވުން
މަކުނުދޫގައި ގޭސް ސިލިންޑަރު ގޮވުމުގެ ހާދިސާ ތަހުގީގުކުރުމަށް ފޮރެންސިކް ޓީމެއް އެރަށަށް ހިނގައްޖެ
މިކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރުމަށްޓަކައި ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި އަންނަނީ ހަރަކާތްތެރިވަމުން
މި ހާދިސާގައި ނިޔާވެފައިވަނީ މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތްކުރަމުން ދާ ކުންފުނީގެ ދެ މުވައްޒަފުން

ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި، ދެ މީހަކު މަރުވި ހާދިސާއާ ގުޅިގެން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް އެރަށަށް ގޮސްފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މިހާދިސާ މަރުވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް ވަރަށް ދުރަށް ވިއްސައިގެން ދިޔަކަމަށް މަންޒަރު ދުށް މީހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މިކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރުމަށްޓަކައި، ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ފުލުހުން ބުނީ ގޮވާފައިވަނީ މަކުނުދޫ މަސް މާރުކޭޓް ކައިރީގައި އޮތް ގޭސް ސިލިންޑަރެއްކަން، މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ. މިހާދިސާގައި ނިޔާވެފައިވަނީ މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުންކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް