ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 20:26
އިންތިޚާބީ ރައީސް، ޑރ. މުއިއްޒު
އިންތިޚާބީ ރައީސް، ޑރ. މުއިއްޒު
ޕީއެސްއެމް
އިންތިހާބީ ރައީސް ޑރ. މުއިއްޒު
މުއިއްޒު އެދިވަޑައިގަތީ މަކުނުދޫ މައްސަލަ ތަހުގީގުކޮށް، މަސައްކަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން
ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހުން މަރުވެފައިވޭ
މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގައިވެސް އެއްޗެއް ގޮވުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު
އެ ދެ ހާދިސާވެސް ހިނގި ގޮތް ތަހުގީގުކުރަން ޖެހޭނެކަމަށް މުއިއްޒު ވިދާޅުވި

ހދ. މަކުނުދޫގައި އެއްޗެއް ގޮވައި, ދެ މީހުން މަރުވުމާ ގުޅިގެން، އެ ކަން ހިނގައިދިޔަ ގޮތް ބަލައި، މަސައްކަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މުއިއްޒު މިކަމަށް އެދިވަޑައިގަތީ، ހޮނިހިރު ދުވަހު ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހުން މަރުވެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގައިވެސް އެއްޗެއް ގޮވުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެންނެވެ.

އެގޮތުން އެކަންކަމަށް އިޝާރާތް ކުރައްވައި އިންތިޚާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އެއީ ހިތާމަވެރި ކަމެއް ކަމަށާއި އެ ދެ ހާދިސާވެސް ހިނގި ގޮތް ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރު ނުވާނެހެން ފިޔަވަޅު އެޅުމަށްވެސް ކަމާބެހޭ މުއައްސަަސާތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް، މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން، ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަން.
އިންތިޚާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާން

މީގެ އިތުރުން، ނިޒާމީ ގޮތުން އެފަދަ ހާދިސާތަކަށް ހޯދަންޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެ ބިލު އަވަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އިންތިޚާބީ ރައީސް އެދިވަޑައިގެންފައިވެއެވެ.

ހަމަ އެއާއެކު، ނިޒާމީ ގޮތެއްގައި މި ފަދަ މައްސަލަތަކަށް ހޯދަން ޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދެމެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް