Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 16:58
ހދ. މަކުނުދޫ
ހދ. މަކުނުދޫ
ވާސިފް ފޮޓޯސް
މަކުނުދޫގައި އެއްޗެއް ގޮވުން
މަކުނުދޫގައި އެއްޗެއް ގޮވައި، ދެ މީހުން މަރުވެއްޖެ
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުން
ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސައިޓުގައި އެއްޗެއް ގޮވާފައިވާކަމަށް ފުލުހުން ބުނޭ
ދެ މީހުން މަރުވެފައިވާކަމަށް ފުލުހުން ބުނޭ

ހދ. މަކުނުދޫގައި އެއްޗެއް ގޮވައި، ދެ މީހުން މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މަކުނުދޫގައި އެއްޗެއް ގޮވާފައިވާކަމަށް ހޮނިހިރު ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި ދެ މީހުން މަރުވެފައިވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

މަކުނުދޫގައި އެއްޗެއް ގޮވާފައިވާއިރު, ބުރާސްފަތި ދުވަހު އެ އަތޮޅު ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވުމުގެ ސަބަބުން މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ގޮވާފައިވަނީ މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއްކަން، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި މަރުވެފައިވަނީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ދެ މުވައްޒަފުން ކަމަށްވެސް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް