Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2023 | ހުކުރު 16:02
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
ރާއްޖެއެމްވީ
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
އިބްތިޚާބީ ރައީސް ޑރ. މުއިއްޒު އަކީ، ސިޔާސީ ގޮތުން ވަރަށް ތަޖުރިބާ މަދު ލީޑަރަކަށްވާނެ: ފަލާހް
އެތެރޭގެ ދެ ޕާޓީ ވަކިވެ ފެކްޝަންވެފައިވާއިރު މުއިއްޒުއަށް ވެރިކަންކުރެއްވުމަށް އުދަނގޫފުޅުވާނެ
ވޭތުވެދިޔަ ހަތް އަހަރު މަސައްކަތްކުރައްވާފައިވަނީ ރާއްޖޭގެ ސިޔާސަތާއި ބެހޭގޮތުން ކަންކަން ކުރުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ ވުޒާރާއެއްގައެއް ނޫން
މުއިއްޒުއަކީ ސިޔާސީ ގޮތުން ތަޖުރިބާ މަދު ބޭފުޅެއް

އިބްތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ، ސިޔާސީ ގޮތުން ވަރަށް ތަޖުރިބާ މަދު ލީޑަރަކަށްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ފަލާހު ވިދާޅުވީ، ވޭތުވެދިޔަ ހަތް އަހަރު ދުވަހުވެސް މުއިއްޒު މަސައްކަތްކުރައްވާފައިވަނީ، ރާއްޖޭގެ ސިޔާސަތު ކަނޑައެޅުމަށް ނުވަތަ ރާއްޖޭގެ ސިޔާސަތާއި ބެހޭގޮތުން ކަންކަން ކުރުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ ވުޒާރާއެއްގައެސް ނޫންކަމަށެވެ.

މުއިއްޒު އަކީ، ސިޔާސީ ގޮތުން ވަރަށް ތަޖުރިބާ މަދު ލީޑަރަކަށްވާނެ. އެއީ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވޭތުވެދިޔަ 7 އަހަރު ދުވަހެއްގައި މިނިސްޓަރުކަންވެސް ކުރެއްވި. އެއީވެސް ރާއްޖޭގެ ސިޔާސަތު ކަނޑައެޅުމަށް ނުވަތަ ރާއްޖޭގެ ސިޔާސަތާއި ބެހޭގޮތުން ކަންކަން ކުރުމަށް މަސައްކަތް ކުރަމުންދިޔަ ވުޒާރާއެއްގައެސް ނޫން. ހައުސިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުންދިޔަ ބޭފުޅެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި ކުޑަ ތަންކޮޅެއް އުދަނގޫވެދާނެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

މީގެއިތުރުން ފާލާހު ވިދާޅުވީ، ވޭތުވެދިޔަ ބައެއް ސަރުކާރުތަކުންވެސް ސިޔާސީ ގޮތުން ތަޖުރިބާ މަދު ވެރިންގެ ވެރިކަން ފެނިވަޑައިގަނެފައިވާކަމަށެވެ. އަދި މުއިއްޒުއަކީ ސިޔާސީ ގޮތުން ތަޖުރިބާ މަދު ބޭފުޅެއްކަން ހާމަކުރައްވާ ފަލާހް ވިދާޅުވީ، ތަޖުރިބާ މަދުކަމުގެ ނާޖާއިޒް ފައިދާ ޕާޓީގެ ތެރެއިން ނަގާނެކަމަށެވެ.

އަޅުގަނޑުމެންނަށް ތަޖުރިބާ މަދު ވެރިން އަޅުގަނޑުމެންގެ މި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށީއްސުރެން މި ހިސާބަށް އައި އިރުގައި ތަޖުރިބާ މަދުކޮށްހުރި ވެރިންނަށް ވީގޮތްވެސް އަޅުގަނޑުމެންނަށް ފެނިގެންގޮއްސި. އެހެންވީމަ މުއިއްޒުއަކީވެސް ތަޖުރިބާ މަދު ވެރިއެއްކަމަށް އަޅުގަނޑަށް ފެންނަނީ. އެ ތަޖުރިބާ މަދުކަމުގެ ނާޖާއިޒް ފައިދާ ޕާޓީ ތެރެއިންވެސް ނަގާނެ. ޕާޓީ ތެރޭގައި ސިޔާސީ މަސައްކަތްކުރައްވާ ވަރަށް ފުންނާބު އުސް ތަޖުރިބާ ހުރި ބޭފުޅުން އެބަ ތިބި. އަޅުގަނޑު ދަންނަވާނީ ހަމަ ރައީސް ޔާމީން އަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ތަޖުރިބާ ހުރި ބޭފުޅެއް. ރާއްޖޭގެ ސިޔާސީ މަޝްރަހު ކުޅި ހިނގާ ގޮތް ވަރަށް ރަނގަޅަށް ދެނެގަނެގެން ހުރި ބޭފުޅެއް އެއީ. އެހެންވީމަ އެތެރޭގެ ދެ ޕާޓީ ވަކިވެގެން ފެކްޝަންވެގެން ދާއިރުގައި ވަރަށް އުދަނގޫތަކާއި ކުރިމަތިލާންޖެހޭނެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

އެތެރޭގެ ދެ ޕާޓީ ވަކިވެ ފެކްޝަންވެފައިވާއިރު މުއިއްޒުއަށް ވެރިކަންކުރެއްވުމަށް އުދަނގޫފުޅުވާނެކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް