Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 19:26
ކުޅުދުއްފުށީ އެއަރޕޯޓް
ކުޅުދުއްފުށީ އެއަރޕޯޓް
އުއްމު ކުލްސޫމް އިބްރާހިމް
ކުޅުދުއްފުށީ އެއަރޕޯޓުގައި އެއްޗެއް ގޮވުން
ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފި
އަނެއް 3 މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައި
ހާލު ސީރިއަސްވި މީހާގެ ކަނާތް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި

މިއަދު ކުޅުދުއްފުށީ އެއަރޕޯޓްގައި އެއްޗެއް ގޮވައި ޒަޚަމްވި މީހުންގެ ތެރެއިން ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.

ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ހާލު ސީރިއަސްވީ މީހާގެ ކަނާތް ވަނީ ވަރަށްބޮޑަށް ޒަޚަމްވެފައި ކަމަށެވެ. އެހެންކަމުން ބަލިމީހާ ރިފާކުރީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށްވެސް ވިދާޅުވިއެވެ. ބަލިމީހާ މާލެ ފޮނުވާލީ ބުރާސްފަތިދުވަހު ހަވީރު ޑޯނިއާ މަތިންދާބޯޓުގައެވެ.

Advertisement

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގަން މެދުވެރިވީ އެއަރޕޯޓް ފަޔަރ ޓްރެއިނިންގގައި ބޭނުންކުރާ ސިލިންޑަރު ރީފިލްކުރުމުގެ ތެރޭގައި އެ ގޮވުމުގެ ސަބަބުންކަމަށެވެ. މި ހާދިސާގައި އަނިޔާވި އަނެއް 3 މީހުން ފަރުވާ ދިނުމަށްފަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ހާދިސާގައި ހާލު ސީރިއަސްވީ 31 އަހަރުގެ ފިރިހެނެކެވެ. އޭގެ އިތުރުން ދެން އަނިޔާ ލިބިގެން ފަރުވާ ދީފައިވަނީ 25 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ ފިރިހެނަކަށާއި 29 އަހަރުގެ ފިރިހެނަކަށެވެ. މިހުރިހާ އެންމެންނަކީވެސް އެއަރޕޯޓުގެ މުވައްޒަފުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް