ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވައި، ގަވައިދާ ޚިލާފުވި ފަރާތްތަކަށް ނަސޭހަތުގެ މެސެޖް ފޮނުވައިފިއެވެ.
ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަކޮށްފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުމާ ގުޅިގެން، އާދިއްތަ ދުވަހުގެ 15:30އާ ހަމައަށް 68 ފަރާތަކަށް ނަސޭހަތުގެ މެސެޖް ފޮނުވާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ސިނަމާލެ ބްރިޖުގައި ވެހިކަލް ބާރަށް ދުއްވާ ފަރާތްތަކާއި ގަވާއިދާ ޚިލާފަށް ލޭނު ބަދަލުކުރާ ފަރާތްތަކަށް އާދިއްތަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވަން ފަށާފައިވާއިރު، ފުލުހުން ބުނީ ގަވައިދާ ޚިލާފުވިކަން ދެނެގަންނާނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތައް މެދުވެރިކޮށް ކަމަށެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.