ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވީނަމަވެސް މިހާރު މައްސަލަ ހައްލު ކުރުމަށްފަހު އަލުން ކަރަންޓު ދީފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށްއެދިފައެވެ.