ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 18:28
ދިވެހިންގެ ބޮޑު އެއްވުން
ދިވެހިންގެ ބޮޑު އެއްވުން
މިހާރު
ދިވެހިންގެ ބޮޑު އެއްވުން
"ދިވެހިންގެ ބޮޑު އެއްވުން" ބާއްވައިފި
ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންނާއި އިސްވެރިންވެސް ވަނީ މި އެއްވުމުގައި ބައިވެރިވެވަޑައިގަނެފަ
މާލެ ސަރަހައްދުގެ މި އެއްވުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ
މި ހަރަކާތުގައި ވަރަށް ގިނަ މަދަނީ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފަ

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާ އެސޯސިއޭޝަނާއި އަދި އައިއޭސީ ގުޅިގެން "އަހަރެމެން ފަލަސްތީނުގެ ނަމުގައި" ގައުމީ ކެމްޕޭނެއް ވަނީ ފަށާފައެވެ. އެ ކެމްޕެއިންގެ ދަށުން ބޭއްވި ދިވެހިންގެ ބޮޑު އެއްވުން ހުކުރު ދުވަހު މާލޭގައި ވަނީ ބާއްވާފައެވެ.

ދިވެހިން ފަލަސްތީނާއެކު ތިބިކަން އަންގައިދިނުމަށް "ދިވެހިންގެ ބޮޑު އެއްވުން" މި ނަމުގައި ހުކުރު ދުވަހުގެ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ވަނީ އެއްވުމެއް ބާއްވާފައެވެ.

މާލެ ސަރަހައްދުގެ މި އެއްވުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންނާއި އިސްވެރިންވެސް ވަނީ މި އެއްވުމުގައި ބައިވެރިވެވަޑައިގަނެފައެވެ.

މީގެއިތުރުން، މި ހަރަކާތުގައި ވަރަށް ގިނަ މަދަނީ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، ކޭކް ޑޯނަރސް، އައިއޭސީ، އިސްރާ އެސޯސިއޭޝަން، މަހަލްދީބު ފައުންޑޭޝަން، ޖަމްއިއްޔަތުލް އަހްވާދު، މޯލްޑިވްސް ތުރުކިއާ ފައުންޑޭޝަން، ހެޔޮ ބިންގާފަދަ ޖަމިއްޔާތައް ވަނީ ބައިވެރިވެފައެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައިވެސް "ދިވެހިން ފަލަސްތީނާއެކު" މި ނަމުގައި ހަވީރުގެ ހިނގާލުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް، ހުއްޓުމެއްނެތި ވަރުގަދަ ވައިގެ ހަމަލާތައް ދެމުންނެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ އޮފިސަރުން ދަނީ ޣައްޒާއާއި އިސްރާއީލް ގުޅޭ ބޯޑަރު ސަރަހައްދުގައި ހުރި، ހަމާސްއިން ކޮންޓްރޯލް ނަގާފައިވާ އަވަށްތަކަށް އަރައި އެތަންތަނަށް ހަމަލާދީ، އެ އަވަށްތަކުގެ ކޮންޓްރޯލް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް