ކ. މާލެ
|
26 މެއި 2025 | ހޯމަ 13:40
ކޮރަޕްޝަން ހުއްޓުވުމަށް ރާއްޖެއާ ފަލަސްތީނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ކޮރަޕްޝަން ހުއްޓުވުމަށް ރާއްޖެއާ ފަލަސްތީނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
އޭސީސީ
ކޮރަޕްޝަން ހުއްޓުވުގެ މަސައްކަތް
ކޮރަޕްޝަން ހުއްޓުވުމަށް ރާއްޖެއާ ފަލަސްތީނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގެ ދަށުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދޭނެ
މައުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރާނެ
ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. އަދި ފަލަސްތީނުގެ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ޗެއަރމަން ޑރ. ރާއިދު މަހުމޫދު ރަދުވާން އެވެ.

މި ފަހުމުނާމާގައި ސޮއިކުރެވުނީ "ސަޢޫދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ 2025" ގެ ތެރެއިންނެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކޮމިޝަނުން އެކުގައި މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމަށް އެއްބާރުލުންދިނުމާއި، މައުލޫމާތާއި ތަޖުރިބާ އަދި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާއި، ތަމްރީނު ޕްރޮގްރާމްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި ދެ ފަރާތުން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވުން ހިމެނެއެވެ.

- ކޮމެންޓް