ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 05:21
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
ހަށިވިއްކައިގެން ބަޔަކު ހައްޔަރުކުރުން
ހަށިވިއްކުމުގެ ތުހުމަތުގައި ދިވެހި ބޭސް ކްލިނިކަކުން ތިން ދިވެހިން ހައްޔަރުކޮށްފި
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއް އަދި 41 އަހަރުގެ ފިރިހެނެއް

މާލޭގެ ކްލިނިކެއްގެ ތެރޭގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ތިން ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ "ދިވެހި ބޭސް ކްލިނިކް" ނަމުގައި ހިންގާ ތަނެއްގެ ތެރޭގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއް އަދި 41 އަހަރުގެ ފިރިހެނެކެެވެ.

މި އޮޕަރޭޝަން ހިންގާފައި ވަނީ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓު އަދި އިންޓެލިޖެންސް ގުޅިގެންނެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

- ކޮމެންޓް