ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 12:42
މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ
މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ
ރާއްޖެއެމްވީ
މިފްކޯގެ މުވައްޒަފުންނަށް އިންޝުއަރެންސް ސްކީމް
އިންޝުއަރެންސް ސްކީމްއަކީ މިފްކޯގެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ލުއިއެއް: ފައުޒީ
ޓެކްނިކަލް ދާއިރާއިން ތަމްރީންވާ މީހުން މަދުކަން ފާހަގަކުރަން
ފާއިތުވެދިޔަ ހަތަރު އަހަރުވެސް މިފްކޯއިން ވަރަށް ގިނަ އައު އުފެއްދުންތަކެއް އުފައްދާފައި
ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަކީ މިފްކޯގެ ނަމަށް ކުންފުނި ބަދަލުވީތާ 30 އަހަރު ފުރޭ ދުވަސް

އިންޝުއަރެންސް ސްކީމްއަކީ މިފްކޯގެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ލުއިއެއްކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މިފްކޯ މުވައްޒަފުންގެ އިންޝުއަރެންސް ސްކީމްގައި މުވައްޒަފުންގެ އާއިލާތައްވެސް ހިމެނޭކަމަށެވެ.

މީގެއިތުރުން، މިފްކޯގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ބަލަމުންދާކަމަށާއި ކުރިމަގުގައި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށްވެސް ފައުޒީ ފާހަގަކުރެއްވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވީ، ފާއިތުވެދިޔަ ހަތަރު އަހަރުވެސް މިފްކޯއިން ވަރަށް ގިނަ އައު އުފެއްދުންތަކެއް އުފައްދާފައިވާކަމަށެވެ.

ފާއިތުވި އަހަރުތަކުގެ މިފްކޯގެ އައު އުފެއްދުންތަކަށް ބަލާއިރު، ވަރަށް ގިނަ އައު އުފެއްދުންތައް މިދިޔަ 4 އަހަރާއި، ކޮންމެ އަހަރެއްގަިވެސް ވަކި ހާއްސަ ހަފްލާއަކާއިއެކު މާކެޓަށް ނެރެން. މާކެޓަށް ނެރުނު ހުރިހާ އުފެއްދުންތަކަކީވެސް، ހާއްސަކޮށް ފެލިވަރުގެ ކާރުހާނާގައި ބަންދުކުރާ ދަޅުމަހުގެ އުފެއްދުންތައް. އޭގެ އިތުރުން ލައިފްސްޓައިލްގައި "ރެޑީ ޓު އީޓް' ގޭގައި ތިއްބަވައިގެން އޮފީހަށް ވަޑައިގަންނަވާ ބޭފުޅުންނަށްވެސް ހާއްސަ ޕްރޮޑަކްޓްތަކެއް ތައާރަފްކުރިން. އެ ޕްރޮޑަކްޓްތައް މާކެޓްކުރުން ޓީމުން މަސައްކަތްކުރަމުން.
މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ

މީގެއިތުރުން ފައުޒީ ވިދާޅުވީ، މިފްކޯގެ ކެޕޭސިޓީއާއި އެއްވަރަށް މިފްކޯގެ މުވައްޒަފުން ތަމްރީންވުން މުހިއްމުކަމަށެވެ. އަދި ޓެކްނިކަލް ދާއިރާއިން ތަމްރީންވާ މީހުން މަދުކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ، މެޝިން އޮޕަރޭޝަން، ރެފްރިގްރޭޝަން އަދި މެރިން އިންޖިނިއަރިންގް ފަދަ ދާއިރާތަކަށް ވަރަށް ބޮޑަށް ސަމާލުކަންދީ މީހުން ތަމްރީން ކުރަމުންދާކަމަށެވެ.

އެގޮތުން މިހާތަނަށް މުވައްޒަފުން ތަމްރީންކުރުމުގެ ގޮތުން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ.

މިހާތަނަށް ޓެކްނިކަލް ލެވަލްގައި ބޯޓު ފަހަރުގެ މުވައްޒަފުން ތަމްރީންކުރަން މިހާރު މި ކުރާ މަސައްކަތަކީ ގާތްގަނޑަކަށް އެކި ލެވެލްގެ ޕްރޮގްރާމްތައް ބަހާލައިގެން ގެންދެވުން. އެހެންނަމަވެސް ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތައް މަދުން މުވައްޒަފުންނަށް ދެވިފައިވަނީ. އެހެންނަމަވެސް، މަދު ނަމަވެސް ނިސްބަތުން ރަނގަޅު މުވައްޒަފުން ތަމްރީންވެގެން އައިސްތިބީ. ރާއްޖޭގެ ޔުނިވާސިޓީތަކާއި އެކުވެސް މިހާރުވެސް ވަރަށް ގިނަ ކުދިން ކިޔަވަމުންދަނީ. ބޮޑަށް ޓެކްނިކަލް ލެވެލްގައި ހާއްސަކޮށް މެޝިން އޮޕަރޭޝަން އަދި ރެފްރިގްރޭޝަން، މެރިން އިންޖިނިއަރިންގް މީ ވަރަށް ބިޑަށް ފޯކަސްކުރާ ދާއިރާތައް. އެހެންވީމަ އެ މަސައްކަތައް މީހުން ހޯދައި ޓްރެއިން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ.
މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަކީ މިފްކޯގެ ނަމަށް ކުންފުނި ބަދަލުވީތާ 30 އަހަރު ފުރޭ ދުވަސްކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް