ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 15:10
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަން
ޑިޕްލޮމެޓިކް ޕާސްޕޯޓް
ހުރިހާ ކޯޓެއްގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުންނަށްވެސް ޑިޕްލޮމެޓިކް ޕާސްޕޯޓަށް އެދެވޭގޮތަށް ހަމަޖައްސައިފި
ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ވަނީ ގެޒެޓުކޮށްފައި
ރާއްޖޭގެ އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ

ރާއްޖޭގެ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުންނަށްވެސް ޑިޕްލޮމެޓިކް ޕާސްޕޯޓަށް އެދެވޭގޮތަށް ހަމަޖައްސައިފިއެވެ.

އެ ބަދަލު ގެނެސްފައިވަނީ ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައެވެ.

ފަނޑިޔާރުންގެ ތެރެއިން މީގެ ކުރިން ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައި ކޯޓުގެ ފަނޑިޔާރުންނާއި، ސުޕްރީމް ކޯޓުގެ "ޖަސްޓިސް ރިޓަޔަރޑް"ގެ ލަގަބު ލިބިގެން ރިޓަޔަރ ކޮށްފައިވާ ފަނޑިޔާރުންނާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިންނަށެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް، ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވެއެވެ.

ގަވާއިދުގައި، އޮފިޝަލް ޕާސްޕޯޓަށް އެދެވިދާނެ ފަރާތްތައް ހިމަނާފައިވާއިރު، ބައެއް އުނިއިތުރު މިހާރު ވަނީ ގެނެސްފައެވެ. އެގޮތުން މޯޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެމްބެސަޑަރުން އެ ލިސްޓުން އުނިކޮށް، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނާއި، އެހެނިހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި އިސް މެޖިސްޓްރޭޓުން ފިޔަވައި، އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށްވެސް އޮފިޝަލް ޕާސްޕޯޓަށް އެދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް