Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 22:31
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރެއްވުން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރެއްވުން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ
އިންތިޚާބީ ރައީސާއި ނައިބު ހުވާކުރެއްވުމުގެ އިންތިޒާމްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
އިންތިޚާބީ ރައީސް ޑރ. މުއިއްޒު ގެންދަވަނީ މިހާރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވަމުން
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެދިވަޑައިގަންނަވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަވަން
އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން އިސްކޮށް އިންނެވީ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ލިއުޝާ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާގެ ތަައްޔާރީތަކާމެދު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން އިސްކޮށް އިންނެވީ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ލިއުޝާއެވެ. އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅެއްގެ ގޮތުގައި އިންނެވީ ޓްރާންސިޝަން ކޮމިޓީގެ އިސް ވެރިޔާ އަބްދުއްރަހީމް އަބްދުﷲއެވެ. މި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއާއި އިންތިޚާބީ ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނާއި، އެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުންނަށް ދައުވަތު އެރުވުންފަދަ ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ.

Advertisement

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުހައްމަދު ފިރްޒުލް ވަނީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވަނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވަން ކަމަށް ވިދާޅުވެފައެވެ. އިންތިޚާބީ ރައީސް ޑރ. މުއިއްޒު މިހާރު ގެންދަވަނީ ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް