ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 15:29
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ދަަ ޑިމޮކްރެޓްސް ޕާޓީ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނެގުމަށް ޕީޖީ ގުރޫޕުގެ އެއްވެސް ރޫހެއް ނެތް: މެންބަރު އަސްލަމް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނީ 49 މެންބަރުންގެ ސޮއާއެކު
އިތުބާރުނެތް ކަމަށް ހުށަހެޅުމުން އެކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ މަޖިލީހުގެ އަމީން އާާންމު
މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެއީ އެމަނިކުފާނަށް ލިބިގެންވާ ބާރެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނެގުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ އެއްވެސް ރޫހެއް ނެތް ކަމަށާއި، މައްސަލަ ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު އަސްލަމް ވިދާޅުވީ ނަޝީދުގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށާއި، އެމައްސަލަ ހުއްޓާނުލާނެ ކަމަށެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނީ 49 މެންބަރުންގެ ސޮއާއެކު ކަމަށެވެ. އަދި އިތުރު އާއްމު މެންބަރުން ވެސް ސޮއިކުރަން ބޭނުންވެ އެކަން ހުށަހަޅާފައިވާކަން މެންބަރު އަސްލަމް ފާހަގަކުރެއްވިއެވެ.

މެންބަރު އަސްލަމް ވިދާޅުވީ އާންމު ހަމަތަކާއި އުސޫލުތަކަށް ބަލާލާއިރުވެސް އެފަރާތެއްގެ އިތުބާރުނެތް ކަމަށް ހުށަހެޅުމުން އެކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ މަޖިލީހުގެ އަމީން އާާންމުކަމަށެވެ. މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެއީ އެމަނިކުފާނަށް ލިބިގެންވާ ބާރެއް ނޫން ކަމަށް މެންބަރު އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މިމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް. އެކަމާއި ގުޅޭގޮތުން އަޅުގަނޑު ދަންނަވާނީ މިމައްސަލަ ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގެ އިހުތިޔާރު ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫން މަޖިލީހުގެ ރައީސްއަކީ. އާއްމު ހަމަތަކާއި އުސޫލުތަކަށް ބަލާއިރު އެފަރާތެއްގެ އިތުބާރުނެތް ކަމަށް ހުށަހެޅުނީމަ އެކަން ކުރެވިދާނެތޯ ނުވަތަ ނޫންތޯ އެފަރާތަކުން މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށްވަނީ ނަމަ އިސްވެ ބަސްބުނުގެ ހަމައަކީ އާއްމު އުސޫލާ ހިލާފުކަމެއް. އެކަން ނިންމަވާނީ މަޖިލީހުގެ އަމީންއާއްމު. އަމީންއާއްމު އެކަމުގައި ގޮތެއް ނިންމަވާނީ. ގޮތެއް ނިންމެވުމުގައި މަޖިލީހުގެ ކައުންސިލް ޖެނަރަލްގެ ލަފާވެސް ހޯއްދަވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ދެން މަޖިލީހުގެ ގަވާއިދުގައި އެއްވެސް މާއްދާއެއްގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް މައްސަލައެއްގެ ގޮތުގައި ހުށަހެޅޭ ހުށަނޭޅޭނެ ކަމަށް ބުނުމުގެ ހުއްޖަތެއް އަޅުގަނޑުމެންނަށް ފާހަގައެއް ނުކުރެވޭ.
އެމްޑީޕީގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

މެންބަރު އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ބ އަދި ޅ ގެ ކ ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުގެ ތެރެއިން ކަމަށެވެ. އަދި މިމައްސަލަ ކުރިއަށް ނުގެންދިއުމަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް މަޖިލީހުގެ ގަވާއިދުގެ ތެރެއިން ފެންނަން ނެތް ކަމަށް މެންބަރު އަސްލަމް ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހުއެވެ. އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، މަޖިލީހަށް ތަޅުމަށް ވަކި ގޮތެއް ނިންމުމަށް ހުށަހެޅުއްވުމުގައި ނަޝީދުގެ އަމިއްލަ މަސްލަޙަތު އިސްކުރައްވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް