ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 18:13
އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑިރެކްޓަރ، ކޯސްޑްގާޑް މުހައްމަދު ރިޒްމީ ވަލީދު
އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑިރެކްޓަރ، ކޯސްޑްގާޑް މުހައްމަދު ރިޒްމީ ވަލީދު
މެރިޓައިމް ސޭފްޓީ ވީކް
މިހާރު މެރިން ޓްރެފިކް ހުރި ގޮތުން މެރިޓައިމް ސޭފްޓީއަކީ ފަސޭކޮށްލައިގެން ތިބޭވަރު ކަމެއް ނޫން - ރިޒްމީ
މާލޭގެ އެކި ސަރަހައްދުތަކަށް ކަޅުތެޔޮ ބަންޑުންވުން ފަދަ ހާދިސާތައް ހިނގާފައިވޭ
މިއީ ރާއްޖެ ފަދަ ކުޑަ ޤައުމަކުން ވަރަށް ބޮޑަށް ތައްޔާރުވެ ތިބެން ޖެހޭ ކަމެއް ކަމަށް ވެސް ރިޒްމީ ވަނީ ފާހަގަކުރައްވާފަ
ޚާއްސަކޮށް 99.9 ކަނޑުގެ ސަރަހައްދު އޮންނަ ގައުމަކުން ކަނޑު ދަތުރު ފަތުރު ކުރުމުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް އޮންނަން ޖެހޭ ކަމަށް ރިޒްމީ ވަނީ ވިދާޅުވެފަ

މިހާރު މެރިން ޓްރެފިކް ހުރި ގޮތުން މެރިޓައިމް ސޭފްޓީއަކީ ފަސޭކޮށްލައިގެން ތިބޭވަރު ކަމެއް ނޫން ކަމަށް އެމްއެންޑީއެފްގެ ޕްރިންސިޕަލް ޑިރެކްޓަރ، ކޯސްޑްގާޑް މުހައްމަދު ރިޒްމީ ވަލީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ މެރިޓައިމް ސޭފްޓީ ވީކް ފާހަގަކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެންމެ ފަހުން ނެވިއޯސް އެމަރިލިސް ކިޔާ ބޯޓު މާލެ އަތޮޅުގެ ރަށަކަށް އަރާ ހިނގާ ދިޔަ ހާދިސާ އަށް ބަލާލުމުން ރާއްޖޭގެ ކަނޑުގެ ސަލާމަތާޢި ރައްކާތެރިކަން އާދައިގެ ގޮތަކަށް ނެގެން ނެތްކަން އެނގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ހާދިސާ ހިނގާފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ވެސް މާލޭގެ އެކި ސަރަހައްދުތަކަށް ކަޅުތެޔޮ ބަންޑުންވުން ފަދަ ހާދިސާތައް ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭ އެއްނަމްބަރު ޖެޓީ އާއި ރަސްފަންނުގެ އިތުރުން އެއާޕޯޓް ޖެޓީ ސަރަހައްދަށް ވެސް އެފަދަ ކަންކަން ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރާއްޖެ ފަދަ ކުޑަ ޤައުމަކުން ވަރަށް ބޮޑަށް ތައްޔާރުވެ ތިބެން ޖެހޭ ކަމެއް ކަމަށް ވެސް ރިޒްމީ ވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް 99.9 ކަނޑުގެ ސަރަހައްދު އޮންނަ ގައުމަކުން ކަނޑު ދަތުރު ފަތުރު ކުރުމުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް އޮންނަން ޖެހޭ ކަމަށް ރިޒްމީ ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން އެކަމަށް ތަމްރީނުތައްދީ ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ 4 ސަރަހައްދެއްގައި މިހާރުވެސް އެފަދަ ކަމެއް ދިމާވެދާނެ ކަމަށް އިންސާނީ ވަސީލަތްތަކާއި އެކު ތައްޔާރުވެފައިވާ ކަމަށް ރިޒްމީ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް