ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 05:27
އިސްރާއިލްގެ އަސްކަރިއްޔާގެ ކޮމާންޑިން އޮފިސަރ
އިސްރާއިލްގެ އަސްކަރިއްޔާގެ ކޮމާންޑިން އޮފިސަރ
ފަަލަސްތީން - އިސްރާއީލް
ހަމާސް ޖަމާއަތުން އިސްރާއިލްގެ އަސްކަރިއްޔާގެ ކޮމާންޑިން އޮފިސަރ މަރާލައިފި
ޣައްޒާގައި ދިރިއުޅޭ 2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ
އިސްރާއިލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އެތައް ސަތޭކަ އަކަށް ވަނީ އަރާފަ
ހަމާސް ޖަމާއަތުން އިސްރާއިލަށް ހަމަލާދީފައި ވަނީ އިސްރާއިލް ގަނޑިން 06:30 ހާއިރު

ހަމާސް ޖަމާއަތުން އިސްރާއިލާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރެއިން ހަމާސް އިން ދިން ހަމަލާއެއްގައި އިސްރާއިލުގެ އަސްކަރިއްޔާގެ ކޮމާންޑިން އޮފިސަރ ލެފްޓިނެންޓް ޖޮނަތަން ސްޓެއިންބަރގް މަރާލައިފިއެވެ.

ހަމާސް ޖަމާއަތުން އިސްރާއިލަށް ދިން ހަމަލާތަކުގެ ރައްދުގައި އިސްރާއިލުން ގައްޒާއަށް ދޭންފެށި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އެތައް ސަތޭކަ އަކަށް ވަނީ އަރާފައެވެ. އަދި އެތައް ހާސް ބަޔަކު މި ހަމަލާތަކުގައި ދަނީ ޒަހަމްވަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލްގެ އަސްކަރިއްޔާއިން ވަނީ ލެފްޓިނެންޓް ޖޮނަތަން ސްޓެއިންބަރގް މަރުވިކަން ކަށަވަރުކޮށްދީފައެވެ. އަދި އޭނާ މަރާލާފައި ވަނީ އިސްރާއީލުގެ ދެކުނަށް ހަމާސް އިން ދިން ހަމަލާތަކުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް އައި އިރު މި ހަމަލާތަކުގައި އިސްރާއީލުގައި ވެސް 1500އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް ފަށާފައި ވަނީ ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކާއި އެކު ކަމަށް ވާއިރު އިސްރާއީލުން ދަނީ ފަލަސްތީނުގެ ޣައްޒާ އަށް މެދު ނުކެނޑި ނުރައްކާތެރި ހަމަލާތައް ދެމުންނެވެ. އެއާއި އެކު އެ ސަރަހައްދުގައި ދިރިއުޅޭ 2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ހަމާސް ޖަމާއަތުން އިސްރާއިލަށް ހަމަލާދީފައި ވަނީ އިސްރާއިލް ގަނޑިން 06:30 ހާއިރެވެ. މިއީ މިފަހުން ހަމާސްއިން އިސްރާއިލަށް އަމާޒުކޮށް ދިން އެންމެ ބޮޑު ހަމަލާކަން ފާހަގަކޮށްލެވެއެވެ. ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ހަމާސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް