ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 22:24
މެޗުގައި ބެލިންގހަމް ދެ ލަނޑު ޖެހި: ފޮޓޯ-ރޮއިޓަރސް
މެޗުގައި ބެލިންގހަމް ދެ ލަނޑު ޖެހި: ފޮޓޯ-ރޮއިޓަރސް
ރޮއިޓަސް
ސްޕެނިޝް ލަލީގާ
އޮސަސޫނާ ބަލިކުރި މެޗުގައިވެސް ބެލިންގހަމް ދެ ލަނޑު!
ރެއާލް މެޗު ކާމިޔާބުކުރީ 4-0 ން

އޮސަސޫނާ ބަލިކުރި މެޗުގައިވެސް އިނގިރޭސި ފޯވާޑް ބެލިންގހަމް ރެއާލް މެޑްރިޑަށް ދެ ލަނޑު ޖަހައިދީފިއެވެ.

މިސީޒަންގައި ރެއާލްއަށް ބަދަލުވެ މޮޅަށް ކުޅެ, ލަނޑުޖެހުމުގެ ތޫނިފިލިކަން ދައްކަމުން އަންނަ ބެލިންގހަމްގެ ދެ ލަނޑާއެކު ރެއާލް މެޑްރިޑުން އޮސަސޫނާ ބަލިކުރީ 4-0 ނެވެ. ސްޕެނިޝް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލްއަށް ފުރަތަމަ ދެ ލަނޑުވެސް ޖަހައިދިނީ ބެލިންގހަމްއެވެ. ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ ވިނީޝިއުސް ޖޫނިއަރއެވެ. ވިނީޝިއުސްގެ އެހީތެރިކަމާއެކު ފަހު ލަނޑު ޖެހީ މޮޅަށް ކުޅެމުން އަންނަ ހޮސޭލޫއެވެ.

20 އަހަރުގެ ބެލިންގހަމް ވަނީ މިސީޒަންގައި ރެއާލްއަށް ކުޅެދިން 10 މެޗުން 10 ގޯލް ޖަހާފައެވެ. 72 ވަނަ މިނިޓްގައި އޭނާ ބަދަލުކުރުމުން ދަނޑުން ފައިބައިގެން ދިޔައީ ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއެކުއެވެ. ރެއާލް މެޑްރިޑް އޮތީ ކުޅުނު 9 މެޗުން 24 ޕޮއިންޓާއެކު ލަލީގާ ތާވަލްގެ އެއްވަނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް