ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 14:23
ދިވެހިރާއްޖޭގެ ހައި ކޯޓު
ދިވެހިރާއްޖޭގެ ހައި ކޯޓު
ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓަށް އިސް ފަނޑިޔާރަކު ހޯދަނީ
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 19 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 12:00
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 38،000 ރުފިޔާ

ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްފަނޑިޔާރަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ ހައިކޯޓަށް އިސްފަނޑިޔާރަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 38،000 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބެއެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދާ ފަރާތަކަށްވުމަކީ ޝަރުތެކެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 19 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ 12:00 އެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާ ކުރެއްވުމުން، ވަގުތީގޮތުން އެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް