Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2023 | ބުރާސްފަތި 11:56
ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ޒުވާނާ
ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ޒުވާނާ
ރާއްޖެއެމްވީ
އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިނުން
އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން ޒުވާނާގެ ބަންދަށް 7 ދުވަސް
އުމުރުން ދުވަސްވީ މީހާގެ ބޯ ވަނީ ފަޅާލާފައި
ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ޒުވާނެއް

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަތް މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހދ. ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އޭނާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި މައްސަލައަކީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށްވަދެ އެ ގޭގައި އުޅޭ 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު ކަމުގެ މައްސަލައެކެވެ. ފައިސާ ފޭރިފައިވަނީ އުމުރުން ދުވަސްވީ ހާއްސަ އެހީއަށް ވެސް ބޭނުންވާ މީހެއްގެ އަތުންނެވެ.

Advertisement

ފައިސާ ފޭރެން އުޅުމުގެ ތެރޭގައި އުމުރުން ދުވަސްވީ މީހާއަށް ދެވުނު ހަމަލާއާއި ގުޅިގެން އެމީހާއަށް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމީހާގެ ބޯ ފަޅާލާ އަނިޔާ ދީފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ އަތުލައިގަތީ އެރަށުގެ އާންމުންނެވެ. އަދި އޭނާ އަތުލާ އޭނާއާއި ސުވާލުކުރާ ވީޑިއޯތަކެއް ވެސް މީސްމީޑިއާގައި ދައުރުކޮށްފައިވެއެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ ލައިގެން ހުރި ޓީޝާޓުގައި ލޭވެސް ހޭކިފައި ހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް