Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2023 | ބުދަ 10:34
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ދަަ ޑިމޮކްރެޓްސް ޕާޓީ
ބަރުލަމާނީ ނިޒާމް
އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް
ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން ވެސް އެދިވަޑައިގަންނަވާނީ އެ މަސައްކަތް މިވަގުތަށް ނުކުރުމަށް ކަމަށް ނަޝީދު ވިދާޅުވި
ދަ ޑިމޮކްރެޓްސް ޕާޓީން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުން ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފައި

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ އެމްޑީޕީން ތާއީދުކުރާނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށްކަމަށް އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނިކޮށް، ނިޒާމާއި ގުޅޭ ވޯޓުގެ މަސައްކަތް މަޑުޖައްސާލައްވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީީދު އެ މަސައްކަތްޕުޅާ ދުރަށް ޖެހިވަޑައިގެންނެވިކަން ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ އެމްޑީޕީން ތާއީދުކުރާނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށްކަމަށް އެޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުނު ގަރާރު ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 90 މެންބަރުންގެ އިއްތިފާގުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ. ނަމަވެސް ނިޒާމީ މަސައްކަތް މަޑުޖައްސާލަން ނިންމެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ބައްދަލުކުރެއްވުމަށްފަހު، ދެއްކެވި ވާހަކަފުޅުގެ ތެރެއިން ކަމަށް ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

Advertisement

އަންގާރަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި މަޖިލީހުގައި ބައްދަލުކުރެއްވި ކަމަށާއި، ރައްޔިތުންގެ މަޖިލީހުން، ޑރ. މުއިއްޒު ހުވާކުރުމާއި ސަރުކާރު ފަށައިގަތުމާއި ގުޅޭ ގޮތުން ކޮށްދޭންޖެހޭ ކަންކަމަށް މަޖިލީހުގެ ތަރުތީބުތަކުގެ ތެރެއިން އެއްބާރުލުން ދެއްވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުން ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ވޯޓެއް ނަގާފައިވާ ކަމަށާއި، އެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމަށް ވިދާޅުވެ، އެމަނިކުފާނާއި އަދި އެ ވޯޓަށް އެހުމަށް އެދިވަޑައިގެންނެވި ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން ވެސް އެދިވަޑައިގަންނަވާނީ އެ މަސައްކަތް މިވަގުތަށް ނުކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސް ޕާޓީން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތް ކުރިއަށް ގެންދިއުމަށޭ. އެހެންނަމަވެސް އަޅުގަނޑު ދެންނެވިން ނިޒާމީ ވާހަކަ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން އަދި މުޖްތަމައުގެ ތެރެއިން ފިލައެއް ނުދޭ. އެހެންވީމާ މިކަމާއި ގުޅޭގޮތުން އަދިވެސް މަސައްކަތް ކުރެއްވުމަށް އަޅުގަނޑު އެދުނިން. އެދުނީމަ ވިދާޅުވީ "in due course we can circle back to it and ask the public" ވަގުތުގައި އެ މަސައްކަތަށް އެނބުރި ގޮސް ފެންނަ ނުފެންނަ ވޯޓު އަހާ އެ މަސައްކަތް ކުރެވިދާނޭ. އަޅުގަނޑަށް ފެންނަ ތަނުގައި ވަރަށް ހިތްހަމަޖެހޭ ވާހަކައެއް ވިދާޅުވީ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ނިޒާމީ ވޯޓުގެ މަސައްކަތް މިގަޑީގައި ނުކުރެއްވި ނަމަވެސް، މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި އެ މަސައްކަތަކީ ފަހުން ކުރެއްވޭނެ މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން، ރިޔާސަތުން ވަނީ ރިޔާސީ މި ދައުރު ރީތިކޮށް ފެށުމަށާއި ޑރ. މުއިއްޒުއަށް ރައީސްކަން ކުރެއްވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މަޑުޖައްސާލުމަށް ވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.

އަދި މިއާއެކު މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ނިޒާމާ ބެހޭ މައްސަލައެއް އޮތް ނަމަވެސް، އެ މައްސަލަ ވަނީ ދޫކޮށްލައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް