Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 14:22
ކުޅުދުއްފުށި ސިޓީގައި ހިނގި އެކްސިޑެންޓު
ކުޅުދުއްފުށި ސިޓީގައި ހިނގި އެކްސިޑެންޓު
ފޭސްބުކް
ކުޅުދުއްފުށި ސިޓީގައި އެކްސިޑެންޓް އެއް ހިނގުން
ކުޅުދުއްފުށި ސިޓީގައި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ
މި އެކްސިޑެންޓްގައި އަނިޔާވީ އަންހެނަކާއި 2 ފިރިހެނުންނަށް
ފުލުހުން ދަނީ މި މައްސަލަ ތަހުޤީގު ކުރަމުން

ސައިކަލަކާއި ރަށު ޕިކަޕެއްޖެހި ކުޅުދުއްފުށި ސިޓީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު މެންދުރު 12:30 ހާއިރު މި އެކްސިޑެންޓު ހިނގައިފައިވަނީ މިސްކިތްމަގުން ހުޅަނގަށް ގޮސް އަމީނީމަގަށް ނުކުތް ސައިކަލަކާއި، އަމީނީ މަގުން ދެކުނަށް ދަތުރުކުރި ރަށު ޕިކަޕެކެވެ.

Advertisement

މި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިން އަންހެން މީހާއަށް އަނިޔާވެފައިވާއިރު، ރަށު ޕިކަޕް ދުއްވަން އިން ފިރިހެން މީހާގެ ފަޔާއި، އަތްވަނީ ވަރަށް ބޮޑަށް މަށައިގެން ގޮސްފައެވެ. އަދި ޕިކަޕް ފުރޮޅާލައި ފޮށިގަނޑުގައި އިން އުމުރުން ދުވަސްވީ ފިރިހެނަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެމީހާގެ އަނގައިން ލޭ އައިސްފައިވާއިރު، ހަށިގަނޑު ބައެއް ތަންތަން ހުރީ މަށައިގެން ގޮސްފައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންވެސް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ފުލުހުން ދަނީ މި އެކްސިޑެންޓު ތަޙްޤީޤް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް