ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 08:11
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
މިވަގުތަކީ އެންމެން އެއްކޮށް އެކަތިގަނޑަކަށްވާންވީ ވަގުތު: ޑރ. މުހައްމަދު މުއިއްޒު
މިއީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި ލިބިގެންދިޔަ ހިތްވަރެއް
ކޮންމެ މީހަކީ ސުލްހައަށް ލޯބިކުރާ މީހަކަށްވާންޖެހޭނެ
ރައްޔިތުން އުންމީދު ކުރާ ގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ

މިވަގުތަކީ އެންމެން އެއްކޮށް އެކަތިގަނޑަކަށްވާންވީ ވަގުތު ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ މިއީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި ލިބިގެންދިޔަ ހިތްވަރެއް ކަމަށާއި ޤައުމުގެ މިނިވަންކަން ޔަޤީންކުރުމަށްޓަކައި ލިބިގެންދިޔަ ހިތްވަރެއް ކަމަށް ވިދާޅުވެފައެވެ.

ޤައުމުގެ މަސްލަހަތު ކޮންމެ މީހަކަށްވުރެން މާބޮޑު ކަމަށާއި ކޮންމެ މީހަކީ ސުލްހައަށް ލޯބިކުރާ މީހަކަށްވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވަނީ ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސާލިހުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. އަދި އެއީ އެމަނިކުފާނަށް ޤާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު ވަނީ ޤައުމުގެ ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި ރައްޔިތުން އުންމީދު ކުރާ ގޮތަށް ޤައުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު 2023 ކާމިޔާބު ވެވަޑައިގަތުމުން މުއިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތް ހާމަވެއްޖެ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ 128,000ށްވުރެ ގިނަ ވޯޓާއެކު އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 110,000ށްވުރެ ގިނަ ވޯޓެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ކުރި ހޯއްދެއްވީ މުއިއްޒުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް