ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 05:34
ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީ
ރިޔާސީ އިންތިޚާބު
ނަޝީދު އެދިލެއްވީ އެމްޑީޕީ އާއި ދިމާނުކުރުމަށް
ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯދުމަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގަތް ފަހުން
ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވާ ކާމިޔާބު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު
އެމަނިކުފާނު ވަނީ އެމްޑީޕީ މެމްބަރުންނާ ދިމާނުކުރުމަށް އެދިވަޑައިގަންނަވާފަ

ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި ގުޅިގެން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް އެއްވެސް ފަރާތަކުން ބަދުބަސްބުނެ ފުރައްސާރަނުކުރުމަށް އެ ޕާޓީގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ޓްވިޓަރ މެދުވެރިކޮށް ނަޝީދު ވިދާޅުވީ ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އެމްޑީޕީ މެމްބަރުންނާ ދިމާނުކުރުމަށް އެދިވަޑައިގަންނަވާފައެވެ. އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަކުރައްވާ ކާމިޔާބު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯދުމަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގަތް ފަހުންނެވެ. ޕާޓީ ދޫކުރައްވާ ވަޑައިގެންފައި ވާއިރު އެމަނިކުފާނަށް ތާއީދުކުރާ ބޭފުޅުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީ އެއް އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް