Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 09:15
އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ އެޗް.އާރު.ސީ.އެމް އާއި އެން.އައި.ސީ އާ ބައްދަލުކުރެއްވުން
އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ އެޗް.އާރު.ސީ.އެމް އާއި އެން.އައި.ސީ އާ ބައްދަލުކުރެއްވުން
އޮޕަރޭޝަން ބްލޫވޭވް
އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ އެޗް.އާރު.ސީ.އެމް އާއި އެން.އައި.ސީއާ ބައްދަލުކުރައްވައިފި
އިންތިހާބާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވޭ
އިދާރާތަކާއި ބައްދަލުކުރެއްވީ އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު

އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ އެޗް.އާރު.ސީ.އެމް އާއި އެން.އައި.ސީ އާ ބައްދަލުކުރައްވައިފިއެވެ.

ފުލުހުން ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންނާއެކު ބައްދަލުވުމެއް ބާއްވައިފިވަނީ ވަކި ވަކިން ކަމަށެވެ.

Advertisement

އަދި އެ ބައްދަލުވުންތަކުގައި, ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔައިރު ފާހަގަކުރެވުނު ކަންކަންމާއި ފުލުހުންގެ ފަރާތުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އިންތިހާބާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތާއި އެކިއެކި އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް، ގުޅިގެން ހައްލުކުރެވެންހުރި ކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، އޮޕަރޭޝަން ބްލޫވޭވްގެ ޑެޕިއުޓީ ކޮމާންޑަރ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިސްވެރިންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ނައިބު ރައީސް އާއި ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް