ކ. މާލެ
|
27 ސެޕްޓެންބަރ 2023 | ބުދަ 15:37
އިންޓަ މިއާމީގެ ފަރިތަކުރުމެއްގައި މެސީއާއި އަލްބާ ބައިވެރިވަނީ
އިންޓަ މިއާމީގެ ފަރިތަކުރުމެއްގައި މެސީއާއި އަލްބާ ބައިވެރިވަނީ
ރޮއިޓާސް
އިންޓަ މިއާމީ
އަލްބާއަށް ފައިނަލްގައި ނުކުޅެވޭނެ، މެސީއާމެދު ގޮތެއް ނިންމާނީ ފަހު ވަގުތު: މާޓިނޯ
އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފަރިތަކުރުމަށް އެ ދެ ކުޅުންތެރިން ހާޒިރުވީ، ނޫސްވެރިން ތަމްރީނު ސަރަހައްދު ދޫކޮށް ދިޔަފަހުން

ޔޫއެސް އޯޕަން ކަޕްގެ ފައިނަލްގައި ހިއުސްޓަން ޑައިނަމޯސްއާ ދެކޮޅަށް އިންޓަ މިއާމީން ކުޅޭ މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް ކުޅެވޭނެ ކަމާމެދު ގޮތެއް ނިންމާނީ ފަހު ވަގުތު ކަމަށް، އެ ޓީމުގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފިއެވެ.

ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޓިނޯ ބުނީ، މެސީއާއި، ޑިފެންޑަރު ޖޯޑީ އަލްބާ ފަރިތަކުރުންތަކަށް ހާޒިރުވި ކަމަށެވެ. އިންޓަ މިއާމީން އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފަރިތަކުރުމަށް އެ ދެ ކުޅުންތެރިން ހާޒިރުވީ، ނޫސްވެރިން ތަމްރީނު ސަރަހައްދު ދޫކޮށް ދިޔަ ފަހުން ކަމަށް މާޓިނޯ ވަނީ ބުނެފައެވެ. ނޫސްވެރިންނަށް، މެސީއާއި އަލްބާ ފަރިތަކުރުމުގައި ނުފެނުނީ އެ ސަބަބާހުރެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އިތުރަށް މާޓިނޯ ބުނީ އެންމެ ފަހު ވަގުތާ ހަމައަށް ވާނެ ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ފައިނަލްގައި އަލްބާއަށް ނުކުޅެވޭނެކަން މިހާރު މުޅިންހެން ޔަގީންވެފައި ވާކަމަށާއި، ނަމަވެސް މެސީއާމެދު އޭނާ ވަކި ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތުގައި ކަމަށް މާޓިނޯ ވަނީ ބުނެފައެވެ.

މީގެ އިތުރުން މާޓިނޯ ބުނީ، ކުރިއަށް އޮތީ ފައިނަލް މެޗަކަށްވުމުން، ރިސްކު ނަގަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ ލީގު މެޗެއްނަމަ، އިތުރު ރިސްކެއް ނަގަން ބޭނުންނުވާކަން އޭނާ ފާހަގަކުރިއެވެ. ޚާއްސަކޮށް ތައްޓެއް ހޯދުމަށް ކުޅޭ، ވާދަވެރި ފައިނަލް މެޗެއް ކާމިޔާބުކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރާނެ ކަމުގައި އޭނާ ބުންޏެވެ. ޚާއްސަކޮށް 90 މިނެޓުން މެޗު ފުރިހަމަ ނުވެއްޖެނަމަ، އިތުރު ވަގުތާ ހަމައަށް ދާން ޖެހޭއިރު، މޮޅުވުން ނޫން އެހެން ކަމެއް ބޭނުންނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޔޫއެސް އޯޕަން ކަޕްގެ ފައިނަލްގައި މިއާމީން ހިއުސްޓަން ޑައިނަމޯސްއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ފަތިހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް