ކ. މާލެ
|
2 ޖުލައި 2025 | ބުދަ 11:14
އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
ރޮއިޓަރސް
އިންޓަތ މިއާމީ
މެސީ، މިއާމީގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު
އޮފިޝަލް ބުނެފައި ވަނީ މެސީ ހުރީ މިއަހަރުގެ ނިޔަލަށް މިއާމީގެ އެއްބަސްވުމެއްގެ ދަށުގައި ކަމަށެވެ. އަދި ދެ ފަރާތުން ވެސް އޮތީ އެއްބަސްވުމައިގެން ކުރިއަށް ގޮސް، އިތުރު ކަންތައްތަކެއް ޙާސިލު ކުރަން ބޭނުންވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.
f

އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އެ ކުލަބުގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ މިއާމީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށް ފަހު، މެސީ މިއާމީ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ހަމަވާނެ އެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވާން އަންނައިރު، މެސީ މިހާތަނަށް އޭނާގެ ކުރިމަގާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ. ނަމަވެސް، މިއާމީ އިން އޮތީ މެސީގެ އެއްބަސްވުން އައު ކުރުމަށް ބޭނުންވެފަ އެވެ. އެ ކުލަބުގެ އިސްވެރިން ވަނީ މީގެ ކުރިން ވެސް އެ ވާހަަކަ ހާމަކޮށްފަ އެވެ.

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުގައި ޕީއެސްޖީ އަތުން މިއާމީ ބަލިވި މެޗަށް ފަހު، މިއާމީގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައި ވަނީ އެ ކުލަބުން އަންނަނީ މެސީ އާއެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރަމުން ކަމަށެވެ.

އެގޮތުން އޮފިޝަލް ބުނެފައި ވަނީ މެސީ ހުރީ މިއަހަރުގެ ނިޔަލަށް މިއާމީގެ އެއްބަސްވުމެއްގެ ދަށުގައި ކަމަށެވެ. އަދި ދެ ފަރާތުން ވެސް އޮތީ އެއްބަސްވުމައިގެން ކުރިއަށް ގޮސް، އިތުރު ކަންތައްތަކެއް ޙާސިލު ކުރަން ބޭނުންވެފައި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އައު އެއްބަސްވުމުގެ ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި ދެން އަޅަން ޖެހޭ ފިޔަވަޅަކާއި، ނިންމަން ޖެހޭ ނިންމުމެއް ނިންމާނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި ކަމަށެވެ. އަދި ކުލަބުން އޮތީ އެކަމުގައި ކުރިއަށް ދާން ބޭނުންވެފައި ކަމަށާއި، މެސީ އަކީ އެ ކުލަބުގައި ބަހައްޓަން ބޭނުންވާ ކުޅުންތެރިޔެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މެސީ ވަނީ މިހާތަނަށް އޭނާ މިއާމީ އަށް ކުޅެދިން 63 މެޗުގައި 50 ލަނޑު ޖަހައިފަ އެވެ. މެސީގެ ކެޕްޓަންކަމުގެ ދަށުން މިއާމީ އިން ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ލީގްސް ކަޕް އަދި ސަޕޯޓާސް ޝީލްޑް އެވެ.

- ކޮމެންޓް