ކ. މާލެ
|
27 ސެޕްޓެންބަރ 2023 | ބުދަ 14:53
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފިން އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް
އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕޭނުގައި ޢަދާލަތު ޕާޓީގެ ނަމާއި ކުލައާއި ލޯގޯ ތަކުރާރުކޮށް ބޭނުންކުރަމުންދޭ
އެއީ އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއްކަމަށް ބުނެފައިވޭ

އަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފިން އިދިކޮޅު ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒުއަށް ތާއީދު ކޮށްފިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށް އެ ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން ބުނީ، އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕޭނުގައި ޢަދާލަތު ޕާޓީގެ ނަމާއި ކުލައާއި ލޯގޯ ތަކުރާރުކޮށް ބޭނުންކުރަމުންދާ ކަމަށެވެ.

އަދި އެއީ އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއްކަމަށް ވެސް ބުނެފައިވެއެވެ.

ގުޅިފައިވާ ކޯލިޝަނުން އެމްޑީއޭ ވަކިވުމާއި ގުޅިގެން އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރުންމަތީ އެ ޕާޓީއިން ސާބިތުކަމާއެކީ ދެމިއޮތްކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް