ކ. މާލެ
|
27 ސެޕްޓެންބަރ 2023 | ބުދަ 14:35
ހަށިގަނޑުގެ އެތެރޭގައި ނުވަތަ ފޭރާމުގައި އެކި ގޮތްގޮތަށް ފޮރުވައިގެން ރަން އެތެރެކުރޭ
ހަށިގަނޑުގެ އެތެރޭގައި ނުވަތަ ފޭރާމުގައި އެކި ގޮތްގޮތަށް ފޮރުވައިގެން ރަން އެތެރެކުރޭ
ރޮއިޓަރސް
ސިއްރުން ރަން އެތެރެކުރުން
މިދިޔަ އަހަރު ސިއްރުން އެތެރެކުރި ރަނަށް، 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވޭ
ހަށިގަނޑުގެ އެތެރޭގައި ނުވަތަ ފޭރާމުގައި އެކި ގޮތްގޮތަށް ފޮރުވައިގެން ރަން އެތެރެކުރޭ
އެ މީހުންގެ މައްޗަށް ޖިނާއީ ތަހްޤީޤު ހިންގާނީ ކަސްޓަމްސްއިން

މިދިޔަ އަހަރު ސިއްރުން އެތެރެކުރި 11 ކިލޯ ރަނަށް، 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ ނިއުސްލެޓަރ އުންސުރުގައި ޝާއިއުކޮށްފައިވާ ގޮތުގައި އެހެން ޤައުމުތަކެކޭ އެއްގޮތަށް، ދިވެހިރާއްޖެއަށްވެސް ކަސްޓަމްސްގެ ހުއްދަ ނެތި، އެކި ގޮތްގޮތުން ފޮރުވައިގެން ރަން އެތެރެކުރަން، ކުށްވެރިން މަސައްކަތްކުރެއެވެ.

މިގޮތަށް އެތެރެކުރާ ރަން ޢާންމު ގޮތެއްގައި އެތެރެކުރަނީ ހަށިގަނޑުގެ އެތެރޭގައި ނުވަތަ ފޭރާމުގައި އެކި ގޮތްގޮތަށް ފޮރުވައިގެންކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، މިއީ ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށެއް ކަމަށެވެ.

އަދި އެފަދަ ކުށްކުރާ މީހުން ހޯދައި، އެ މީހުންގެ މައްޗަށް ޖިނާއީ ތަހްޤީޤު ހިންގާނީ ކަސްޓަމްސްއިންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.   

ޕީޖީ އޮފީހުން ބުނީ، ކަސްޓަމްސްއިން ކުރި ކާމިޔާބު މަސައްކަތުން މިދިޔަ އަހަރެއްހައި ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ރަން އެތެރެކުރި ގިނަ މީހުން އަތުލައިގަނެފައިވާ ކަމަށާއި، ކާމިޔާބުކަމާއެކު އެ ހުރިހާ މައްސަލަތަކެއްގައި ޖިނާއީ ދަޢުވާކޮށް، ސިއްރުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ރަން ދައުލަތަށް ނަގާފައިވާނެކަމަށެވެ.

އޭގެ އިތުރުން، އެބާވަތުގެ މައްސަލަތަކުގައި އެ އޮފީހުގެ ސިޔާސަތަށް ގެނައި ބަދަލަކީ، އެމީހާ އަތުން ފެނުނު ރަނަކީ ކުށުގެ ވެށިން ނެގުނު، ކުށްކުރުމަށް ބޭނުންކުރި އެއްޗެއްކަމަށް ބަލައި، އެ ރަން ދައުލަތަށް ނަގައި، އެމީހާގެ މައްޗަށް ޖިނާއީ ދައުވާކުރުންކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.  

އެ އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވެ ދިޔަ އަހަރެއްހައި ދުވަހު، ފޮރުވައިގެން ދިވެހިރާއްޖެއަށް ރަން އެތެރެކުރި މައްސަލަތަކުގައި ދައުލަތަށް 10.99 ކިލޯގެ ރަން ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ، މިދިޔަ އަހަރެއްހައި ދުވަހު، ސިޔާސަތަށް ގެނައި ބަދަލާއެކު، ކުށްކޮށްގެން ހޯދި މުދާ ދައުލަތަށް ނަގައިގެން، ދައުލަތަށް ނެގި ރަނުގެ އަގުގެ ގޮތުން، މަދުވެގެން 659،000 (ހަ ލައްކަ ފަންސާސް ނުވަހާސް އެމެރިކާ ޑޮލަރު) ނުވަތަ 10،167،948ރ (ދިހަ މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތްހާސް ނުވަސަތޭކަ ސާޅީސް އަށް ދިވެހި ރުފިޔާ) ދައުލަތަށް ލިބިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 35 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް