ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 16:32
ޕީޕީއެމް/ޕީއެންސީ
ޕީޕީއެމް/ޕީއެންސީ
ރާއްޖެއެމްވީ
ދިވެހި ފުލުހުންގެ ޚިދުމަތް
މުއިއްޒުގެ ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރުމަށް ރާވާކަމަށް ބުނެ ޗެނަލް13 އިން ގެނެސްދިނީ ދޮގު ޚަބަރެއް: ފުލުހުން
ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރޭ

ރިޔާސީ އިންތިޚާބުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވާކަމަށް ބުނެ ޗެނަލް13 އިން ގެނެސްދީފައިވަނީ ދޮގު ޚަބަރެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ޗެނަލް13 ގެ އެ ޚަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވިފައިނުވާ ޚަބަރެއް ކަމަށާއި، އެއީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި އެ މުއައްސަސާގެ އަގު ވައްޓާލުމުގެ ގޮތުން ގެނެސްފައިވާ، ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

Advertisement

ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި، އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ގެނެސްދިނުން ފުލުހުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާ ޚިލާފު އެފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް މިހާރުގެ ސަރުކާރާއި، ދައުލަތުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންނެވެ. މީގެ ތެރޭގައި ގައުމީ ދިފާއީ ބާރުތައް ކަމަށްވާ ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފްވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް