ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 12:17
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް 285،631 ވޯޓު ކަރުދާސް ޗާޕުކޮށްފި
ވޯޓުކަރުދާސް ޗާޕްކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސްއިން
ރަޖިސްޓަރީވެފައިވާ ޢަދަދަށްވުރެ 1 އިންސައްތަ އިތުރުނުވާ އަދަދަކަށް ވޯޓުކަރުދާސް ވޯޓުލާ މަރުކަޒަށް ފޮނުވަންޖެހޭ

ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނު(އީސީ)ން ޗާޕުކޮށްފިއެވެ.

އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށްޓަކައި ޗާޕްކޮށްފައިވާ ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދަކީ 285،631 (ދެލައްކަ އަށްޑިހަ ފަސްހާސް ހަސަތޭކަ ތިރީސް އެކެއް) ކަމަށެވެ.

މި ވޯޓުކަރުދާސް ޗާޕްކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އީސީން ޗާޕުކުރާ ވޯޓުކަރުދާހުގެ އަދަދު ހާމަކޮށްފައިވާއިރު އެމާއްދާގައި ބުނެފައިވަނީ ކޮންމެ އިންތިޚާބެއްގައިވެސް އެ އިންތިޚާބެއް ބޭއްވުމުގެ ގިނަވެގެން 5 ދުވަސް ކުރިން އެ އިންތިޚާބަކަށް ޗާޕްކުރެވުނު ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދާއ،ި ވޯޓު ކަރުދާސް ޗާޕްކުރިތަނެއްގެ މައުލޫމާތު އާންމުކޮށް އިއުލާންކުރަންވާނެއެވެ.

މީގެއިތުރުން ގާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވޯޓުލާ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ޢަދަދަށްވުރެ 1 އިންސައްތަ އިތުރުނުވާ އަދަދަކަށް ވޯޓުކަރުދާސް ވޯޓުލާ މަރުކަޒަށް ފޮނުވަން ޖެހޭނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް