ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 18:45
ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން
ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން
ފުށިދިއްގަރު ފަޅުން ގޯތި ދިނުން
ފުށިދިއްގަރު ފަޅުން ގޯތި ދިނުމަކިީ ތާކުންތާކު ޖެހޭ ވާހަކަ އެއް ނޫން، އެއީ މާލޭ ސަރަހައްދުން ގޯތި ދިނުން ކަމަށް ނުބެލެވޭނެ - އަކްރަމް
ޑރ. މުއިއްޒު އެ ފަޅު ހިއްކައިގެން ގޯތި ދެއްވާނެ ކަމަށް ވިދާޅުވެފައިވޭ
ފުށި ދިއްގަރު ފަޅުން ގޯތި ދޭނެކަމަށް ބުނެ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ލިޔުން ދިން
އެތަނަށް ދާން ޖެހެނީ ބޮޑު ކަނޑެއް ހުރަސްކުރުމަށްފަހު ކަމަށްވެސް އަކްރަމް ވިދާޅުވި

ފުށިދިއްގަރު ފަޅުން ގޯތި ދިނުމުގެ ވާހަަކައަކީ އެއްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫންކަމަށާއި، އެއީ މާލޭ ސަރަހައްދުން ގޯތި ދިނުން ކަމަށް ނުބެލެވޭނެ ކަަމަށް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ރާޢްޖެ ޓީވީއަށް ދެއްވި ބަސްތީގަތުމެއްގައި އަކްރަމް އެފަދައިން ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު, އެ ފަޅު ހިއްކައިގެން ގޯތި ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަަމަށް އިޝާރާތްކުރައްވަމުންނެވެ.

Advertisement

ފުށި ދިއްގަރު ފަޅުން ގޯތި ދޭނެކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލިޔުން ދީފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންނަމަވެސް އެތަނުން ގޯތި ދިންއިރު، އެއީ ހިއްކާފައިވެސް ނެތް ތަނެއްކަން އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ. އެތަން ހިއްކުމުގެ ޕްލޭނެއްވެސް އޭރު އެކުލަވާލާފައި ނެތް ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި މިހާރު ފުށިދިއްގަރު ފަޅުން ގޯތި ދޭނެ ކަމަށް އަނެއްކާވެސް ވިދާޅުވަމުންދާއިރު އެތަނަށް ދާން ޖެހެނީ ބޮޑު ކަނޑެއް ހުރަސްކުރުމަށްފަހު ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އެއާ ޚިލާފަށް، ރައީސް ސާލިހު ނިންމަވާފައި ވަނީ މާލެއާ ކައިރިން، ފަސޭހައިން ދެވޭ ސަރަހައްދަކުން ގޯތި ދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ސަރަހައްދުން ދިނުމަކީ މާލޭގަ ހުރެފަ ދެވޭގޮތަށް ހުންނަ ތަންތަނަށް ވާން ޖެހޭނެ ދެއްތޯ. އެހެންވީމަ ރައީސް އެގޮތަށް އުތުރުތިލަފަޅުން ދެއްވަން ނިންމެވީ. ފުށިދިއްގަރުފަޅުން ދިނުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން. މާލޭ ސަރަހައްދުން ގޯތި ދިނީކަމަކަށް ނުވާނެ. ފުށިދިއްގަރުފަޅުގެ ވާހަކަ ދައްކާއިރު ގުޅިން ދިނުމެކޭ، ހުރައިން ދިނުމެކޭ އެއްގޮތް. އައްޑު އަތޮޅުން ވެސް ދެވިދާނެ މާލޭ ރައްޔިތުންނަށް.
އަކްރަމް ކަމާލުއްދީން

އިދިކޮޅު ކެންޑިޑޭޓް ވަނީ، ވެރިކަމުގެ އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި ހިއްކެންހުރި ހުރިހާ ބިމެއް ހިއްކައިގެން، ގޯތިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި ފުށި ދިއްގަރު ފަޅާއި ގުޅީ ފަޅުގެ ހިއްކެން އޮތް އެންމެ ބޮޑު މިނަކަށާއި ގިރާވަރު ފަޅުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް