ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 22:08
މާރިޔާ އަހުމަދު ދީދީ
މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
މާލޭ މީހަކަށް ނުވުމުން، މުއިއްޒުއަށް ވޯޓު ނުލުމަށް މާރިޔާ ވިދާޅުވެފައެއްނުވޭ، އެއީ ދޮގު ޚަބަރެއް
މުއިއްޒު އުޅުއްވަނީ އެ އަނިޔާވެރިކަން އަލުން އިއާދަކުރައްވަން ކަމަށް މާރިޔާ ވިދާޅުވި
އަނިޔާވެރި ވެރިކަމެއްގެ އެންމެ އިސް ފަންތީގައި އެކަމުގެ މޭސްތިރިއަކަށް މުއިއްޒު ހުންނެވުމުން އޭނާއަށް ވޯޓު ނުދިނުމަށް އެދިވަޑައިގަތް
މާރިޔާ ވިދާޅުވީ އެކަމަނާއަކީ ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕޭނުގެ، މާލޭ ދާއިރާގެ ފަޚުރުވެރި ކޯޑިނޭޓަރެއް ކަމަށް

މާލޭ މީހަކަށް ނުވުމުން އިިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓު ނުލުމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މާލޭ މީހަކަށް ނުވުމުން މާލެ މީހުން އޭނާއަށް ވޯޓު ނުލުމަށް އޭނާ ގޮވާލެއްވިކަމަށް ބުނެ ޚަބަރު ފަތުރަމުންދާ ކަމަށެވެ. ރާއްޖޭގެ މީޑިއާއަކުން އެފަދަ ޚަބަރެއް ފެތުރިނަމަވެސް، އެފަދަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާނޭކަން މާރިޔާ ވަނީ ހާމަކޮށްދެއްވާފައެވެ.

މީގެ އިތުރުން މުއިއްޒުއަށް މާރިޔާ މަލާމާތް ކުރެއްވިކަމަށް ބުނާ ވާހަކަތައްވެސް ދޮގުކުރެއްވިއެވެ. މާރިޔާ ވިދާޅުވީ އެކަމަނާއަކީ ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕޭނުގެ، މާލޭ ދާއިރާގެ ފަޚުރުވެރި ކޯޑިނޭޓަރެއް ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ޑރ. މުއިއްޒުއަށް ވޯޓު ނުދޭންވީ ސަަބަބުތަކެއް އެބަހުރިކަމަށެވެ.

އެގޮތުން އަނިޔާވެރި ވެރިކަމެއްގެ އެންމެ އިސް ފަންތީގައި އެކަމުގެ މޭސްތިރިއަކަށް މުއިއްޒު ހުންނެވުމުން އޭނާއަށް ވޯޓު ނުދިނުމަށް އެދިވަޑައިގަތެވެ. އަދި މުއިއްޒު އުޅުއްވަނީ އެ އަނިޔާވެރިކަން އަލުން އިއާދަކުރައްވަން ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް