ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 11:38
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިމަހުގެ 27 އަދި 28 ގައި ކުރިއަށްދާނެ: ހަބީބު
މިމަހުގެ 27 އަދި 28 ވަނަ ދުވަހު ރާއްޖެއިން ބޭރުގެ ވޯޓުލާ މަރުކަޒުތަކަށް ވޯޓު ކަރުދާހާއި ލިޔެކިޔުމުގެ ސާމާނު ފޮނުވާނެ
30 ވަނަ ދުވަހުގެ ހެނދުނު މާލެ ސަރަހައްދުގެ ޖަލުތަކަށް ވޯޓު ކަރުދާހާއި ލިޔެކިޔުމުގެ ސާމާނު ފޮނުވާނެ
28ވާ ބުރާސްފަތި ދުވަހު ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި ލިޔެކިޔުމުގެ ސާމާނު ފޮނުވާނެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ކަރުދާސްތަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިމަހުގެ 27 އަދި 28 ވަނަ ދުވަހު ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ވޯޓު ކަރުދާސްތައް ޗާޕްކޮށް ނިމި، ޗެކްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ވޯޓުލާ މީހުންގެ ލިސްޓު ނިމުމުން، ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުތަކަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ، 27ވާ ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ހުރިހާ އަތޮޅުތަކަށް ވޯޓުލާ ސާމާނު ފޮނުވަނެކަމަށާއި، 28ވާ ބުރާސްފަތި ދުވަހު ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި ލިޔެކިޔުމުގެ ސާމާނު ފޮނުވާނެ ކަމަށެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ މިމަހުގެ 27 އަދި 28 ވަނަ ދުވަހު ރާއްޖެއިން ބޭރުގެ ވޯޓުލާ މަރުކަޒުތަކަށް ވޯޓު ކަރުދާހާއި ލިޔެކިޔުމުގެ ސާމާނު ފޮނުވާނެކަމަށާއި، 30 ވަނަ ދުވަހުގެ ހެނދުނު މާލެ ސަރަހައްދުގެ ޖަލުތަކަށް ވޯޓު ކަރުދާހާއި ލިޔެކިޔުމުގެ ސާމާނު ފޮނުވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 408 މީހުން ހިމެނެއެވެ. އަލަށް ވޯޓުލެވޭ މީހުންނާއެކު ޖުމްލަ 282,803 މީހުންނަށް ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް