ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 21:37
ފިނޭންސް މިނިސްޓަރު އަމީރު
ފިނޭންސް މިނިސްޓަރު އަމީރު
ރައީސް އޮފީސް
އިންޑިއާއިން ލޯނު ނަގަން އުޅޭކަމަށް ދެކެވޭ ވާހަކަ
އިންޑިއާއިން ލޯނު ނަގަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: ފިނޭންސް މިނިސްޓަރު
އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަކަށްނުދޭ

އިންޑިއާއިން ލޯނުނަގަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަމަށް, ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން 3 ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިޔަށް ނުގެންދާ ކަމަށެވެ.

މި ފައިސާ ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ޓްރެޝަރީ ބޮންޑު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކައިގެން ކަމަށް ދިޔަރެސް ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން 194 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު އެސްބީއައި މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ސަރުކާރުން އެދިފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ޚަރަދުކުރުމަށް ކަމުގައި އެ ނޫހުގައި ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ނިންމާފައިވާއިރު، މި ދަނޑިވަޅުގައި އެކި ފަރާތްތަކުން ސަރުކާރު ބަދުނާމުވާގޮތަށް ވާހަކަތައް ފަތުރަމުންދާތީ ސަރުކާރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެފަދަ ފިތުނަވެރި ދޮގު ނުފެތުރުމަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް