ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:08
އިންޑިއާގެ މަންޒަރެއް
އިންޑިއާގެ މަންޒަރެއް
އިންޑިއާ އާއި ކެނެޑާގެ ގުޅުން ހީނަރުވުން
އިންޑިއާ އާއި ކެނެޑާގެ ގުޅުން ހީނަރުވެފައިވާތީ ސަމާލުވުމަށް އިންޑިއާ އިން އިލްތިމާސްކޮށްފި
ބުދަ ދުވަހު އިންޑިއާ އިން ވަނީ ކެނެޑާގައި ދިރިއުޅޭ އެގައުމުގެ ދަރިވަރުންނަށް ޚާއްސަ ގޮތެއްގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ
މިފަދައިން އިންޑިއާ އިން އިލްތިމާސްކޮށްފަިއ މި ވަނީ ދެ ގައުމުން ވެސް ދެ ގައުމުގެ ޑިޕްލޮމެޓުން ދެ ގައުމުން ބޭރުކޮށްފައިވާ ދަނޑިވަޅެއްގަ
އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީގެ ސަރުކާރުން ވަނީ ކެނެޑާގެ ތުހުމަތުތަކަށް އިންކާރުކޮށްފަ

އިންޑިއާ އާއި ކެނެޑާގެ ގުޅުން ހީނަރުވެފައިވާތީ ސަމާލުވުމަށް އިންޑިއާ އިން އިލްތިމާސްކޮށްފިއެވެ.

ބުދަ ދުވަހު އިންޑިއާ އިން ވަނީ ކެނެޑާގައި ދިރިއުޅޭ އެގައުމުގެ ދަރިވަރުންނަށް ޚާއްސަ ގޮތެއްގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިފަދައިން އިންޑިއާ އިން އިލްތިމާސްކޮށްފައި މި ވަނީ ދެ ގައުމުން ވެސް ދެ ގައުމުގެ ޑިޕްލޮމެޓުން ދެ ގައުމުން ބޭރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި ދެގައުމުގެ ގުޅުން އިންތިހާ އަށް ހީނަރުވެފައި ވަނީ ސިކް ލީޑަރެއްގެ މަރާއި ގުޅިގެންނެވެ. މަޝްރަހު ގޯސްވެފައި ވަނީ ކެނެޑާގެ ޕްރައިމް މިނިސްޓަރ ޖަސްޓިން ޓްރޫޑޯ ހަރްދީޕް ސިން ނިއްޖަރުގެ މަރު ތަހުގީގުކުރަން ނިންމުމާއި ގުޅިގެންނެވެ. ކެނެޑާއިން އެ މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނީ އޭނާގެ މަރުގައި އިންޑިއާގެ އަތެއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ. އެ ގައުމުން ތުހުމަތު ކުރަމުން ދަނީ އިންޑިއާގެ ސަރުކާރުގެ އެޖެންޓުންގެ އަތެއް އޭނާގެ މަރުގައިވާ ކަމަށެވެ. އޭނާ މަރުވީ ބްރިޓިޝް ކޮލަމްބިއާގައި ޖޫން މަހުއެވެ.

އިންޑިއާ އިން ވަނީ ކެނެޑާގައި ހިންގާ އެންޓި އިންޑިއާ ހަރަކާތްތައް ހަރުކަށި އިބާރާތުން ކުށްވެެރިކޮށްފައެވެ. އަދި އިންޑިއާގެ މީހުންނަށް ނިސްބަތްކޮށް ހިންގާ ނަފްރަތުގެ އަމަލުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. ނަމަވެސް އެފަދަ ހާދިސާތަކުގެ ތަފްސީލް އަދި އިންޑިއާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީގެ ސަރުކާރުން ވަނީ ކެނެޑާގެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް