ކ. މާލެ
|
19 ސެޕްޓެންބަރ 2023 | އަންގާރަ 14:10
ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން
އެމްޑީޕީ
ލާމަރުކަޒީ ނިޒާމު
"ކައުންސިލުތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދުމުގެ ވާހަކަ މުއިއްޒު ދެއްކެވުމަކީ ބިރުވެރި ވާހަކައެއް"
މުއިއްޒު ވަނީ ކައުންސިލުތަކަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް ވިދާޅުވެފައި
އެއީ އަނެއްކާވެސް ބާރުތައް ސެންޓްރަލައިޒް ކުރުމުގެ މަސައްކަތް ކުރުން

ކައުންސިލުތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދުމުގެ ވާހަކަ މިހާރު މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ދެއްކެވުމަކީ ބިރުވެރި ވާހަކައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ހެންވޭރު އުތުރާއި ދެކުނުގެ ބައެއް ގޭގެއަށް، ހޯމަ ދުވަހު "ދޮރުން ދޮރަށް" ކެމްޕެއިނަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލުތަކަށް ޚާއްސަ މިނިސްޓްރީއެއް އުފެއްދުމުގެ ވާހަކަ މުއިއްޒު ދެއްކެވުމަކީ ބިރުވެރި ވާހަކައެއް ކަމަށެވެ.

އެއީ އަނެއްކާވެސް ބާރުތައް ސެންޓްރަލައިޒް ކުރުމުގެ މަސައްކަތް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ސަރުކާރުން ވެރިކަން ކުރިއިރު ކައުންސިލުތަކާމެދު ކަންކުރި ގޮތް ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުން ސަސްޕެންޑު ކުރުމާއި، ބާރުތައް ކަނޑުވާލުން ރައީސްގެ ވަހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިހާރުވެސް އެ އުޅުއްވަނީ އެކަން ކުރައްވަން ކަމަށާއި، އެއީ ރާއްޖެ ތަރައްޤީ ކުރުމަށް އޮތް ބޮޑު ހުރަހެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ކުރަން ފުރުސަތުދީފިނަމަ އަނެއްކާވެސް މި ޤައުމު ދާނީ އެތައް އަހަރެއް ފަހަތަށްކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ވަރަށް ވަރަށް ބިރުވެރި ވާހަކައެއް އެ ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މުއިއްޒު ވަނީ ކައުންސިލުތަކަށް ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރު ކައުންސިލުތަކުގެ ބާރު ކަނޑުވާލާފައިވާކަމަށް ގިނަ ބަޔަކު އޭރުވެސް ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް