Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 18:19
ވިނަރެސް ފްލެޓްތައް
ވިނަރެސް ފްލެޓްތައް
ރާއްޖެއެމްވީ
ވިނަރެސް ފްލެޓް
ވިނަރެސް ފްލެޓަށް ޑައުންޕޭމަންޓުގެ ގޮތުގައި 15 އިންސައްތަ ދެއްކުމުން، ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ: އާބަންކޯ
3 މަސްދުވަހުގެ ތެރޭގައި ޑައުންޕޭމަންޓުގެ އަދަދު އެއްކޮށް ދައްކައި ނިމުމުން، ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވޭނެ
މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވޭ

ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކުން ޑައުންޕޭމެންޓް އަދަދުގެ 15 އިންސައްތަ ދެއްކުމުން، ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކުން ޑައުންޕޭމަންޓުގެ 15 އިންސައްތަ ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށާއި، 3 މަސްދުވަހުގެ ތެރޭގައި ޑައުންޕޭމަންޓުގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ. އަދި މިއާއެކު، ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އެސޫލުތަކަށް އަމަލު ކުރެވިގެން ދާނެކަމަށް އާބަންކޯއިން ބުނެއެވެ.

ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާއިރު، 21 އޯގަސްޓް 2023ގައި ބައެއް މީހުންނަށް ވަނީ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފައެވެ.

Advertisement

ވިނަރެސް އެޕާޓްމަންޓުތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އާބަންކޯއިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން، އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށް އެކުންފުނިން ބުނެއެވެ.

10 ޓަވަރުގެ މި މަޝްރޫއަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް މެދުފަންތީގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިންގައި، ޚިދުމަތް ފޯރުކޮށްދީފައިވާ މަޝްރޫއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ. ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓު ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓުތަކުގައި 3 ކޮޓަރި، 3 ފާޚާނާ އަދި ބެލްކަނި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް