ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 11:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ޤައުމީ ދުވަހުގެ ޚިޠާބު
ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ހޯއްދަވައިދެއްވި މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން: ރައީސް
ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑައަޅާފައިވާ ވަރުގަދަ ޢަޒުމަކީ އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަޤާފަތުގެ އެއްގޮތްކަން

ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުން ދިވެހިންނަށް ހޯއްދަވައިދެއްވި، ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ފައްޓަވަމުން ވަނީ، ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބާގެ ތަހުނިޔާ ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް، ފޮނުއްވާފައެވެ. އަދި ގައުމީ ދުވަސް އެ ބަޠަލަކަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ މަތިވެރި ޖިހާދުގެ ހަނދާން އާކުރައްވައި، އެ ތަކުރުފާނާއި އެތަކުރުފާނުގެ ޤައުމީ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ ދިވެއްސެއްގެ ހިތުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، އިސްލާމް ދީނާއި ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަޤާފަތުގެ އެއްގޮތްކަމާއި ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަން ހިމެނޭގޮތުން, ދިވެހި ޤައުމިއްޔަތުގެ މި އަސާސްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުން ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

ހަމައެހެންމެ، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި އިތުބާރުކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައިކަން ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިއަދުވެސް ސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އުތީމު މަހާރަދުންގެ ހިތްވަރުފުޅާއި ފަންވަރުފުޅުން ދިވެހިންނަށް ހޯއްދަވައިދެއްވި ދިވެހި ޤައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން ކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
- ގުޅުންހުރި
ޝަހީމްގެ ދަރިފުޅަށްވެސް ބޮޑު މުސާރަ ލިބޭ މަޤާމެއް؟ - ސަރުކާރުން ކޮމެންޓެއް ކުރަން ބޭނުމެއް ނުވި!
ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބައްލަވާ، ދައުލަތުގެ ބައި ލާރިއެއްގައިވެސް ނުޖެހެން: ރައީސް ސާލިޙު
އެމްޑީޕީގެ ކުރިމަގާ މެދު އާއްމު މެމްބަރުންނަށް ރައީސް ޞާލިޙުގެ މެސެޖެއް!
މިއަދުގެ ސަރުކާރު ސިފަ ކުރެވެނީ ހުންގާނެއް ނެތް އޮޑިއެއްގެ ގޮތުގައި: ރައީސް ސާލިޙު
މިދިޔަ ސަރުކާރަށް ނިސްބަތްކޮށް ޝިޔާމް އޭރު ވިދާޅުވީ "ކިޔޫ ސަރުކާރު"، މަސްވެރިން ނިކަމެތިކުރާ ސަރުކާރު. މިއަދު؟